ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 01:13
ފުލުހުން ހޯދާފައިވާ ބަނގުރާ
ފުލުހުން ހޯދާފައިވާ ބަނގުރާ
ބަނގުރަލާއި އެކު މީހަކު ހައްޔަރުކުރުން
150 ފުޅި ބަނގުރަލާ ގިނަ އަދަދެއްގެ ފައިސާ އާއި އެކު 2 މީހުން ހައްޔަރުކޮށްފި
މީގެ ދުވަސްކޮޅެއް ކުރިން ބޮޑު ޢީދާއި ދިމާކޮށް ވެސް ފުލުހުން ވަނީ ގިނަ އަދަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފަ
އެ މީހުންގެ ވަނަވަރު އަދި މިހާތަނަށް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވޭ

ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ ދެ މީހުން ހައްޔަރުކުރީ އާދިއްތަ ދުވަހުގެ ރޭ 150 ފުޅި ބަނގުރަލާއެކުގައެވެ.

އެކަން ހާމަކުރައްވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މައްސަލައިގައި ހިމެނޭ ބަނގުރާ ފުޅިތަކުގެ ފޮޓޯ ހިއްސާކޮށްފައެވެ.

ޝިފާން އިތުރަށް ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފައިސާގެ ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ.

އެ މީހުންގެ ވަނަވަރު އަދި މިހާތަނަށް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޮޑު ޢީދާއި ދިމާކޮށް ވެސް ފުލުހުން ވަނީ ގިނަ އަދަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް