ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 23:41
އަލްއުސްތާޛް އަޙްމަދު މައުރޫފް
އަލްއުސްތާޛް އަޙްމަދު މައުރޫފް
ރާއްޖެއެމްވީ
އެސްޑީއެފް މެނޭޖްކުރުން
އެސްޑީއެފް އަށް ވަކި ޤާނޫނެއް ހެދުމަކީ ރައީސް މުއިއްޒުގެ ތަސައްވުރެއް ނޫން، އެ މަސައްކަތް ފުރަތަމަ ފެށީ އެމްޑީޕީން : މައުރޫފް
ޤާނޫނަކުން ބާރު ލިބިގެން ނޫނީ ދައުލަތަށް ޓެކުހެއް ނޫނީ ފީއެއް ނުނެގޭނެކަން އެއީ ޤާނޫނު އަސާސީ އިން ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް
އެސްޑީއެފްގެ ހަގީގަތް އޮޅޭ ގޮތަށް މި ސަރުކާރުން ވާހަކަދައްކަމުންދާތީ އެކަމާއި މެދު މައުރޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ

ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ވަކި ޤާނޫނެއް ހެދުމަކީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ނޫން ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެސްޑީއެފްގެ ހަގީގަތް އޮޅޭ ގޮތަށް މި ސަރުކާރުން ވާހަކަދައްކަމުންދާތީ އެކަމާއި މެދު މައުރޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މައުރޫފް ވިދާޅުވީ ސަރުކާރު ޕްރޮމޯޓް ކުރާ ފަރާތްތަކުން އެސްޑީއެފް އަށް ޤާނޫނީ ބާރުވެރިކަން ނެތް ކަމަށް ބުނެ ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ. މައުރޫފް ވިދާޅުވި ގޮތުގައި ޤާނޫނަކުން ބާރު ލިބިގެން ނޫނީ ދައުލަތަށް ޓެކުހެއް ނޫނީ ފީއެއް ނުނެގޭނެކަން އެއީ ޤާނޫނު އަސާސީ އިން ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަމެކެވެ. އެހެންކަމުން އެސްޑީއެފް އިން ނަގާ ފީތައް މިހާތަނަށް ވެސް ނަގަމުން ދިއުމުން އެސްޑީއެފް އަށް ޤާނޫނީ ބާރު އޮތްކަން ހާމަވާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އެހެން ނޫން ނަމަ އެ ފަންޑަށް ފައިސާ ޖަމާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވާނީ އެސްޑީއެފް އަށް ވަކި ޤާނޫނެއް ހެދުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. އެގޮތުން އޭރު އެ ޤާނޫނު ޑްރާފްޓްވެސް ކޮށްފައިވާނެ ކަމަށާއި 2024 ވަނަ އަހަރު އެމްޑީޕީގެ ޕްލޭނާއި އެއްގޮތަށް ކަންކަން ވި ނަމަ އެ ޤާނޫނު ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު އެމްޑީޕީގެ ވިސްނުން ހުރީ މާލީ ބައެއް އިސްލާހުތަކާއި އެކުގައި އެ ޤާނޫނު ވުޖޫދަށް ގެންނަން ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެއީ މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް އައި ޚިޔާލެއް ކަމަށް އެބަ ބުނޭ. އެއްގޮތަކަށް ވެސް އެހެންނެއް ނޫން. މިހާތަނަށް އެ ޤާނޫނު، ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގެ ޤާނޫނު މެނޭޖްކުރަމުން އިދާރީ ކަންކަން ބެލީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް. އަދި އޭގެ ދަށުން ހުރި ގަވާއިދާއި އެއްގޮތަށް. އޭރު ވިސްނީ 2026ގެ ނިޔަލަށް އެ ފަންޑު 600 މިލިއަނަށް ބޮޑުކުރުމަށް. އެހެންވީމަ އަޅުގަނޑުމެން ފަންޑަށް ވަކި ޤާނޫނެއް ހެދުމަށް ބިލެއް ޑްރާފްޓް ކުރި.
އަލްއުސްތާޛް އަޙްމަދު މައުރޫފް

'ސޮވަރިން' އެ ބަހުގެ މާނައަކީ އިސްތިޤްލާލުކަމަށް ވާއިރު އެ ފަންޑަށް އެ ބަސް ލާފައި އޮންނަނީ އެ ފަންޑުގެ ހައްސާސްކަމާއި ބޭނުންތެރިކަމުގެ ސަބަބުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ފަންޑަކީ އިގްތިޞާދީ އަނދަވަޅަކަށް ރާއްޖެ ވެއްޓިޔަ ނުދިނުމަށް އަދި އެފަދަ ހާލަތަކަށް ޤައުމު ދިޔަ ނުދިނުމަށްޓަކާ އުފައްދާފައިވާ ފަންޑެއް ކަަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އަދި އެ ފަންޑަކީ ފަންޑަށް ބަލަހައްޓައިގެން އެއް އެކައުންޓެއްގައި ފައިސާ ބަހައްޓަން ޖެހޭ ފަންޑެއް ނޫންކަމަށް ފާހަގަކުރައްވާ މައުރޫފް ވަނީ އެ ފަންޑުގައި ހުރި ފައިސާ އިންވެސްޓްކޮށްގެން އިތުރުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައި ވެސް ވަނީ އެގޮތަށް ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. މި ފަންޑަށް ފައިސާ ޖަމާކުރާ ކަމަށް އަޑުހަރުކޮށް ސަރުކާރުގެ ބޭފުޅުން ވިދާޅުވާ ކަމަށާއި އެވެސް ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަންޑަކީ ސަރުކާރުން އެއަށް ފައިސާ ޖަމާކުރާ ގޮތަށް އޮންނަ ފަންޑެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި އެ ފަންޑަށް ލިބެނީ އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ފީ ކަމަށާއި އެއީ ކޮންމެ ސަރުކާރެއް އަޔަސް އެއީ ހިނގަ ހިނގާ ހުންނަ ކަމެއް ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އަދި އެ އަދަދުތަކަށް ނިމިދިޔަ ސަރުކާރުގައި ބަދަލު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ގައުމަށް ލިބޭ ލާރިން ގައުމު ހިންގާނެކަމަށް ވިދާޅުވެ ވަޑައިގެންނެވި ބޭފުޅުން ގައުމުގެ ދުވަސް ދުއްވާލައިފި - ފަލާހު
ލޯނު ނެގުމާއި ފައިސާ ޗާޕް ކުރުމަކީ އިޤްތިސާދު މެނޭޖް ކުރަން އެނގިތިބެ ނިންމި ކަންކަން: މައުރޫފް
ހިލޭ ކުރެވެން އޮތް 150 މިލިއަން ޑޮލަރުގެ ލޯން، އިންޑިއާއާއި ވާހަކަ ނުދައްކާނެ ކަމަށް ބުނެ މި ސަރުކާރުން 50 މިލިއަން ޑޮލަރު ދެއްކި - އަމީރު
މާލީ ހާލަތާ މެދު ޤާސިމް ދެއްކި ވާހަކަތަކަށް އަމީރުގެ ރައްދު - "އުޅެނީ ގިނައިން ދޮގު ހަދައިގެން އެއީ ތެދުކަމަށް ދައްކަން"
އިގްތިސާދަށް ހިޔަނި އެޅުނު އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު - އަމީރު
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
މި ސަރުކާރުން ޢަމަލުކުރީ ރިކަރަންޓް ޚަރަދު ބޮޑުތަނުން އިތުރުވާ ގޮތަށް، ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ނެތް: އަމީރު
ޔާސިރު ގޮވާލެއްވީ ސިޔާސީ މީހުންގެ މުސާރަކުޑަކޮށް، ކުރީގެ މެމްބަރުންނަށް ދޭ އިންޝުއަރެންސް ވެސް މިވަގުތު ކަނޑާލުމަށް