ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 17:24
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ރާއްޖެއެމްވީ
ޖަމީލުގެ މަރުގެ މައްސަލަ
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
މިއީ ރައްޔިތުންނަށް އެނގެންޖެހޭ އަދި ރައްޔިތުންނާއި ހަމައަށް އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ މައްސަލައެއް
ޖަމީލުގެ މަރުގެ މައްސަލައަކީ އީވާން ނަސީމު އާއި ހަސަން ސޮލާހުގެ މަރުގެ މައްސަލަތަކާއި ނުވަތަ އެކޭސްތަކާއި ވަރަށް ގުޅޭ މައްސަލައެއް

ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި އެ ޤާނޫނާއި ގުޅިގެން ހެދިފައި ހުރި ގަވައިދު ތަކާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ޖަލުގައި އަނިޔާ ލިބެމުންދިޔަ މުހައްމަދު ޖަމީނު ނިޔާވި މައްސަލައާއި ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ 28 ޖޫންގައި ހިނގައިދިޔަ ކަންތައްތައް ވަރަށް ބޮޑަށް ރައްޔިތުންނަށް އެކި ގޮތްގޮތަށް އޮޅޭގޮތަށް ސަރުކާރުން ކަންތައް ކުރަމުންދަ ކަމަށެވެ. މިކަމުގައި ޝައްކު ކުރެވޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށާއި، އީވާން ނަސީމު އާއި ހަސަން ސޮލާހުގެ މަރުގެ މައްސަލަތަކާއި ނުވަތަ އެކޭސްތަކާއި ވަރަށް ގުޅޭ މައްސަލައެއް ކަމަށެވެ.

ނާޒިލް ވިދާޅުވީ 19 ވަނަ މަޖިލީހުގައި ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކާއި، އެ ގާނޫނާއި ގުޅިގެން ހެދިފައިހުރި ގަވައިދުތަކާއި ފުށުއަރާ ކަންތައްތަކެއް ޖަމީލުގެ މަރުވި ހާދިސާގެ ތެރޭގައި ހިނގާފައި އެބަހުރި ކަމަށެވެ. ނާޒިލް ވިދާޅުވީ ޖަމީލުގެ މަރުގެ މައްސަލައިގައި ގާނޫނާއި ގަވައިދުގެ ބޭރުން ވަރަށް ބައިވަރު ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް އެނގެންޖެހޭ އަދި ރައްޔިތުންނާއި ހަމައަށް އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ މައްސަލައެއް ކަމަށެވެ.

އޮޅުވާލަންޏާ އޮޅުވާލަންޖެހޭ ސަބަބުތަކަކީ ކޮބައިތޯ؟ ކޮންބައެއްތޯ އެކަމުގެ މަންފާތަކެއް ނަގަން އެކަން ކުރަނީ؟ ނޫނިއްޔާ އެއިން ކޮންބަޔަކަށް ގެއްލުން ލިބޭތީތޯ އެކަން ސިއްރުކުރަންޖެހޭނީ. ސިއްރު ނުކޮށް ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރާށޭ އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަނީ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރސްގެ އަންޑަރ ސެކްރެޓަރީ އަހުމަދު މައުރޫފް ވިދާޅުވީ ޖިސްމާނީ ހާނިކަތެއްގެ ނިޝާންތަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޖަމީލުގެ މަރުގެ މައްސަލައިގެ އިތުރުން މި ދުވަސްވަރު ގޮތްނޭނގޭ އާދަޔާ ހިލާފު މަރުތައް އިތުރުވަމުންދާ ކަމަށާއި އެކަމާއި އެމްޑީޕީން ކަންބޮޑުވާ ކަމަށެވެ.

އެމްޑީޕީން އެދެނީ އެކަން ހިނގައިދިޔަ ކަންތައް ބަލާ ތަހުގީގުކޮށް، އެފަދަ ބާވަތުގެ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ މިހިނދުން މިހިނދަށް އެޅުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ދޭންޖެހޭ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

ކޮމެންޓް
- ގުޅުންހުރި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަނަށް ހުޅުވާލައިފި
އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ޖަލުގައި އަނިޔާކުރުން ފަދަ މައްސަލަތައް އާއްމުވޭ: މައުރޫފް
ޖަމީލް ނިޔާވެފައި މައްސަލައިގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފި
ޖަމީލުގެ މަރުގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރީ ގަވައިދާ ޚިލާފަށް: އެމްޑީޕީ
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން
ޖަމީލްގެ މަރަށް ބަލާއިރު، އޭނާއަށް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމަށް ނުބެލެވޭ: ފުލުހުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި