ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 14:18
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަތީފް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަތީފް
ތުރުކީ ސަފީރު އައްޔަނުކުރުން
ތުރުކީ ސަފީރުކަމަށް ކުރީގެ ޗީފް އަބްދުއްރަޙީމް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހު
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންވެސް ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައި

ރިޕަބްލިކް އޮފް ތުރުކީގެ ސަފީރުކަމަށް ލޓ ޖެނެރަލް ރިޓަޔަރޑްއަބްދުއްރަޙީމްއަބްދުލް ލަތީފް އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންވެސް ވަނީ ރިޕަބްލިކް އޮފް ތުރުކީގެ ސަފީރުކަމަށް ލޓ ޖެނެރަލް ރިޓަޔަރޑް އަބްދުއްރަޙީމް އަބްދުލް ލަތީފް އައްޔަނު ކުރަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ އިޚްލާޞްތެރި ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައި ވާގޮތުގެމަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުއެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ ރާއްޖޭގެ ފަރާތުން ސައުދީގައި ހުންނަވާ ސަފީރުކަަމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، މަޖިލީހުން ރުހުން ވެސް ދީފައިވާ ނ. ހޮޅުދޫ، އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނު ސަފީރުކަމަށް ބަދަލު ކުރުމަށް ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ ސަރުކާރުގެ އެދުމުގެ މަތިންނެވެ.

އެގޮތަށް ފާސްކުރީވެސް 82 މެމްބަރުންގެ ވޯޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް