ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 13:10
އިޒްރޭލުގެ ފައުޖުތަކުން ގާޒާ ސިޓީގެ ޝުޖާޔާ ސަރަހައްދަށް ދޭ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފަ
އިޒްރޭލުގެ ފައުޖުތަކުން ގާޒާ ސިޓީގެ ޝުޖާޔާ ސަރަހައްދަށް ދޭ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފަ
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ސުލްހައިގެ އެއްވެސް ނިޝާނެއް ނެތް - ޝުޖާޔާގައި ހިނގަނީ ނުރައްކައުތެރި ކުރިމަތިލުން ތަކެއް
އެތައް ހާސް ފަލަސްތީނު މީހުން އެތަނުގައި ތިބީ ރައްކައުތެރިކަމެއް ނެތި ތާށިވެފައެވެ.

އިޒްރޭލުގެ ފައުޖުތަކުން ގާޒާ ސިޓީގެ ޝުޖާޔާ ސަރަހައްދަށް ދޭ ހަމަލާތައް ވަރުގަދަ ވުމާއެކު، ފަލަސްތީނުގެ ހަނގުރާމަވެރިން އިޒްރޭލް ސިފައިންނާ ކުރިމަތިލުންތައް އިތުރުވެ އެ ސަރަހައްދުގެ މަސްރަހް ވަރަށް ނުރައްކާވެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

މަސްރަހް ނުރައްކައު ވެފައި ވުމާއެކު ޝުޖާޔާ ގައި ދިރިއުޅޭ އެތައް ހާސް ފަލަސްތީނު ރައްޔިތުން ތިބީ އެއްވެސް ރައްކައުތެރި ކަމެއް ނެތި އެތަނުގައި ތާށިވެފައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ހަމާސްގެ އިސް އޮފިޝަލަކު އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ބުނީ، ސުލްހައިގެ ވާހަކަތަކުގެ އެއްވެސް ކުރި އެރުމެއް ނުލިބޭ ކަމަށާއި، އެހެން ނަމަވެސް ދާއިމީ ގޮތެއްގައި ހަނގުރާމަ ނިމުމަކަށް އަންނާނެ ކޮންމެ ހުށަހެޅުމަކަށް އެ ޖަމާއަތުން ޕޮސިޓިވް ކޮށް ތިބި ކަމަށެވެ.

އަނެއްކޮޅު އިޒްރޭލުގެ ޔަހޫދީ ސަރުކާރުން ގެންދަނީ ގަދަކަމުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އަލަށް އެތައް ހާސް ޔާހޫދީން ވަޒަރަން ވެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ. އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓުން އެކަން ފާސް ކުރުމާއެކު އަރަބި ލީގުންނާއި، ވިލާތުގެ އިއްތިހާދުންނާއި، މިސްރުންނާއި، ސައުދީ އަރަބިއްޔާގެ އިތުރުން ގަތަރުން ވަނީ އެކަން ކުށްވެރިކޮށް ބަޔާން ނެރެފައެވެ.

ދުނިޔޭން އެކަން ކުށްވެރި ކުރަމުން ދިޔަ ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރުގެ ޕްލޭނަކީ ހިފާފައިވާ ހުޅަނގު އައްސޭރީގައި މުޅިން އަލަށް އެއް މިލިއަން ޔަހޫދީން ވަޒަންވެރި ކުރުވުން ކަމަށް އޭނާ ވަނީ ހާމަ ކޮށްފައެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާ އަށް އިޒްރޭލުގެ ފައުޖުތަކުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37.834 މީހުން ވަނީ މަރުވެފައެވެ. މި މުއްދަތުގައި ފަލަސްތީނުން ޒަޚަމްވީ މީހުންގެ އަދަދަކީ 86،858 އެވެ. އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކުގައި މަރުވެފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
"މި އަނިޔާގެ ހިތި ރަހަ ދައްކާލާނަން" – ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިޒްރޭލަށް!
ޚާން ޔޫނިސްގެ "ރައްކައުތެރި ސަރަހައްދު" އަކަށް އިޒްރޭލް ސިފައިން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ 12 މީހުން މަރާލައިފި
އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ސަރުކާރު ހޫނު ފެނަށް ވެއްޓުމުން، ހިލުވާލި ދަރަނި ދަންތުރައިގެ ވާހަކަ!
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
ޚާން ޔޫނިސްގެ ބޮޑު ބަޔަކުން ވަގުތުން މީހުން ހުސްކުރަން ޔަހޫދީ ސިފައިން އަމުރު ކޮށްފި
ހަތް މަސް ފަހުން އަލް-ޝިފާ ހޮސްޕިޓަލްގެ ވެރިޔާ އިޒްރޭލު ޖަލުން ދޫކޮށްލައިފި
ދަރިފުޅުގެ ކުރިމަތީގައި، ދިރިއޮތް މަންމަގެ ގައި މަތިން އިޒްރޭލުގެ ޓޭންކް ދުއްވާ ޗިސްކޮށްލައިފި
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ބޮލަށް ބަޑި ޖަހާ މަރަން އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ގޮވާލައިފި