ރާއްޖޭގައި ހިންގާ ކޭއެފްސީ އަދި ޕިއްޒާ ހަޓް ބޮއިކޮޓް ކުރަން ގޮވާލާ އަނެއްކާވެސް މުޒާހަރާކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ އާއްމުން ވަނީ އެ ދެ އައުޓްލެޓް ހުންނަ ސަރަހައްދަށް އެއްވެ، އިޒްރޭލަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓްކުރުމަށް ގޮވާލާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/39c3634d-5200-4183-9077-39a01a9c1996.png)
އަދި ފަލަސްތީނުގެ އަހުންނާއި އުޙުތުންގެ ހައްގުގައި އަޑު އުފުލުން މަދުވަމުންދާ ކަމަށް ފާހަގަކޮށް އެ އެއްވުމުގެ ބައިވެރިން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
މީގެ އިތުރުން މުސްލިމް ގައުމުތަކުގައިވެސް، ކޭއެފްސީއަކީ އިސްރާއީލާއި ގުޅުންހުރި ވިޔަފާރިއަކަށް ވާތީ އެފަދަ ތަންތަން ބޮއިކޮޓްކުރަމުންދާ ކަމަށާއި ރާއްޖެއިން އެކަން ނުކުރަންވީ ކީއްވެގެންތޯ ވެސް މުޒާހަރާގެ ބައިވެރިން ވަނީ ސުވާލު އުފައްދާފައެވެ.
ރާއްޖޭގައި ހިންގަމުންދާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބޮއިކޮޓް ކުރުމަށް ގޮވާލާ ދޭތެރެ ދޭތެރެއިން އާއްމުން ދަނީ މުޒާހަރާކުރަމުންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/feed1d6a-f69f-436c-94b5-b23f107aff95.png)
އަދި އެ ވިޔަފާރިތައް ބޮއިކޮޓްކުރަން ދެން މި މުޒާހަރާތައް މެދު ކަނޑާނުލާ ކުރިއަށްގެންދާނެ ކަަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.
ރާއްޖޭގައި ހިންގާ ކޭއެފްސީ އަދި ޕިއްޒާ ހަޓް ބޮއިކޮޓް ކުރަން ގޮވާލަމުން ދަނީ ފަލަސްތީނަށް އިޒްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކާއި ގުޅިގެން، އިޒްރާއީލަށް ވާގިވެރިވާ ހުރިހާ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.