ކ. މާލެ
|
28 ޖޫން 2024 | ހުކުރު 18:53
އައްޑު މަސްވެރިންގެ މުޒާހަރާ - ހުކުރު ދުވަހުގެ މުޒާހަރާގައި އަޑުއުފުލި ފަރާތްތަކުން ބުނީ ފާއިސާ ނުލިބެންޏާ މާލެ އަރަން ޖެހުނަސް އެކަން ކުރަންވެސް ތައްޔާރަށް ތިބި ކަމަށް
އައްޑު މަސްވެރިންގެ މުޒާހަރާ - ހުކުރު ދުވަހުގެ މުޒާހަރާގައި އަޑުއުފުލި ފަރާތްތަކުން ބުނީ ފާއިސާ ނުލިބެންޏާ މާލެ އަރަން ޖެހުނަސް އެކަން ކުރަންވެސް ތައްޔާރަށް ތިބި ކަމަށް
ރާއްޖެއެމްވީ
އައްޑޫ މަސްވެރިންގެ މުޒާހަރާ
އައްޑޫ މަސްވެރިން ގެ މުޒާހަރާގައި ރައީސް މުއިއްޒު، ފިޝަރީޒް މިނިސްޓަރ ޝިޔާމްގެ އިސްތިއުފާ އަށް ގޮވައިފި
މުޒާހަރާ ހުއްޓައެއް ނުލާނަން
ފައިސާ ހޯދަން މާލެ އަރަން ޖެހުނަސް ތިބީ ތައްޔާރަށް
ވެރިކަމަށް އައީ އޮޅުވާލައިގެން ކަމަށް މަސްވެރިން ބުނޭ

މަސްވެރިން އަތުން ކިރާފައިވާ މަހަށް ލާރި ލިބުން ލަސްވެގެން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މުޒާހަރާގައި ހުކުރު ދުވަހު ހަވީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމްގެ އިސްތިއުފާ އަށް ގޮވާލައިފިއެވެ.

އައްޑޫ ސިޓީގެ މަސްވެރިން މުޒާހަރާ އަށް ނުކުތީ ހުސްވި ހަފްތާގެ ހުކުރު ދުވަހުއެވެ.

މަސްވެރިން ކުރަމުންދާ މުޒާހަރާގައި މަސްވެރިންގެ އާއިލާ ތަކުންވެސް އަންނަނީ ބައިވެރި ވަމުންނެވެ.

ހުކުރު ދުވަހުގެ މުޒާހަރާގައި އަޑުއުފުލި ފަރާތްތަކުން ބުނީ ފާއިސާ ނުލިބެންޏާ މާލެ އަރަން ޖެހުނަސް އެކަން ކުރަންވެސް ތައްޔާރަށް ތިބި ކަމަށެވެ.

މުޒާހަރާގައި ބައިވެރިވާ މަސްވެރިން ސަރުކާރަށް ގޮވާލަމުން ދަނީ 48 ގަޑީއިރު ދޭން ވައުދުވި ފައިސާ ދިނުން އަވަސް ކުރުމަށް - ރާއްޖެއެމްވީ

މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ⁠ސަރުކާރުން ވެރިކަމަށް އައީ ބޮޑެތި އޮޅުވާލުންތަކާ އެކުގައި ކަމަށެވެ. ހިތްހަމަ ނުޖެހިފައި ތިބި މަސްވެރިން ބުނަނީ މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފާއިސާ ދޭން ބުނެފައި ވެރިކަމަށް އައި ނަމަވެސް އެކަންވެސް ނުކުރި ކަމަށެވެ.

މުޒާހަރާގައި ބައިވެރިވާ މަސްވެރިން ސަރުކާރަށް ގޮވާލަމުން ދަނީ 48 ގަޑީއިރު ދޭން ވައުދުވި ފައިސާ ދިނުން އަވަސް ކުރުމަށެވެ.

އައްޑޫ ސިޓީގެ މަސްވެރިން ބުނެފައިވަނީ މުޒާހަރާ ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

- ކޮމެންޓް