ކ. މާލެ
|
28 ޖޫން 2024 | ހުކުރު 16:06
އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައި
އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައި
ރާއްޖެއެމްވީ
މަޖިލީހުގެ ޖަލްސާ
ދަރަންޏާ ބެހޭ ބިލު ހިމަނައި އަވަސް ޖަލްސާއެއް އާދީއްތަ ދުވަހަށް އެޖެންޑާކޮށްފި
ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ގުޅޭގޮތުން ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުވެސް ވަނީ އެޖެންޑާކޮށްފައި

ދަރަންޏާ ބެހޭ ބިލު ހިމަނައި އަވަސް ޖަލްސާއެއް އާދީއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަމުން އަންނަނީ ހޯމައިން ބުދަ ދުވަހަށެވެ. ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ރަސްމީ ޖަލްސާއެއް ނުބާއްވައެވެ. ނަމަވެސް މަޖިލިސް އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާގައިވަނީ އާދީއްތަ ދުވަހަށް ޖަލްސާއެއް ތާވަލުކޮށް އާންމުކޮށްފައެވެ.

ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00ގައެވެ. އެޖެންޑާގައި ހިމަނާފައިވަނީ ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްކުރުމާއި، ކޮމިޓީތަކުން ހުށަހަޅާފައިވާ ދެކަމެކެވެ.

ކޮމިޓީތަކުން ހުށަހަޅާފައިވާ ކަންތަކުގެ ތެރޭގައި ހިމެނެނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި، ރިޕަބްލިކް އޮފް ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށާއ،ި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ބަދަލުގައި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައެވެ.

މީގެ އިތުރުން ޕާޓްނަރޝިޕް އެގްރީމެންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެންބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެންބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަރ ޕާޓް" ނުވަތަ "ސަމޯއ އެގްރީމެންޓް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ މަސައްކަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުން އެ މައުލޫމާތެއް ކޮމިޓީގައި ނުދިން
ސިއްޙީ ޚިދުމަތުގެ ބިލު ބަލައިގަނެ، ކޮމިޓީ އަށް ފޮނުވައިފި
ސިއްހީ ނިޒާމް އޮތް ހާލު އެންމެ ރަނގަޅަށް އެނގޭނީ ދިމްޔާތު ބަލާލީމަ - ޒިޔާދު
ހަގީގަތް ހާމަކޮށް ސަރުކާރު ޖަވާބުދާރީކުރާ އަމިއްލަ ޓީވީތައް މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ބުނެ ސަރުކާރުން އިންޒާރު ދީފި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި