ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 19:25
ދ. ކުޑަހުވަދޫ މަސްވެރިންގެ މުޒާހަރާކުރަން ނުކުމެ ދޯނިތަކުގައި ދަމާވަފައިވާ ބޭނާތަކުގައި ޝުއޫރުތައް ލިޔެފައި
ދ. ކުޑަހުވަދޫ މަސްވެރިންގެ މުޒާހަރާކުރަން ނުކުމެ ދޯނިތަކުގައި ދަމާވަފައިވާ ބޭނާތަކުގައި ޝުއޫރުތައް ލިޔެފައި
ރާއްޖެއެމްވީ
ކުޑަހުވަދޫ މަސްވެރިންގެ މުޒާހަރާ
ކުޑަހުވަދޫ މަސްވެރިން މުޒާހަރާ ކުރަނީ، އައްޑޫ މަސްވެރިން މުޒާހަރާ ކުރަނީ
އައްޑޫ މަސްވެރިންވެސް ފައިސާ ނުލިބޭތީ މިއަދުވެސް މުޒާހަރާގައި
މުޒާހަރާގައި ރަށުގެ ގިނަ މަސްއޮޑި ފަހަރުން ބައިވެރިވޭ
މުޒާހަރާގެ ބައިވެރިން ބުނަނީ 48 ގަޑީއިރު ދޭން ވައުދުވި ފައިސާ އަވަސް ކުރުމަށް

ކުޑަހުވަދޫ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ލާރި ނުދޭތީ އަންގާރާ ދުވަހު ހަވީރު އެ ރަށު ބަނދަރު ސަރަހައްދުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ކުޑަހުވަދޫ މަސްވެރިންނަށް ފައިސާ ލިބުން ލަސްވާތީ މުޒާހަރާއަށް ނިކުތް އިރު މިދިޔަ ހުކުރު ދުވަހު އައްޑޫ މަސްވެރިން ފައިސާ ނުލިބިގެން ފެށި މުޒާހަރާ އަދިވެސް ދަނީ ކުރިއަށެވެ.

އައްޑޫ މަސްވެރިންގެ މުޒާހަރާގައި ހިތްވަރު ދިނުމުގެ ގޮތުން މަސްވެރިންގެ އާއިލާތަކުން ވެސް އަންނަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ.

ކުޑަ ހުވަދޫގައި މުޒާހަރާ ކުރާ މަސްވެރިން ޑރ މުއިއްޒުގެ ސަރުކާރަށް ގޮވަމުން ދަނީ "ވަގުތުން ވަގުތައް މިހާރު ދޭން ހުރި ލާރި ދިނުމަށެވެ."

މީގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސްވެރިން ދަނީ ގޮވަމުންނެވެ.

ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދިނުމަކީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"ދ.އަތޮޅުގައި އަޅުއްވަން ވައުދުވި މަސް ފެކްޓަރީ ކޮބާ؟" ކުޑަ ހުވަދޫ މަސްވެރިންގެ މުޒާހަރާގައި ދަމާފައިވާ ބެނަރ އެއްގައި ވެއެވެ.

ކުޑަހުވަދޫ މަސްވެރިން މުޒާހަރާގައި މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ދޭން ބުނި ލާރި އަވަސް ކުރުމަށް ވެސް ގޮވަމުން ގޮސްފައިވެއެވެ.

ދ. ކުޑަހުވަދޫ މަސްވެރިންގެ މުޒާހަރާކުރަން ނުކުމެ ދޯނިތަކުގައި ދަމާވަފައިވާ ބޭނާތަކުގައި ޝުއޫރުތައް ލިޔެފައި - ރާއްޖެއެމްވީ

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެގެން ކަން ފާހަގަ ކުރެވެއެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކުޑަހުވަދޫގައި ފެށި މުޒާހަރާގައި އެރަށުގެ 15 މަސް ދޯނި ބައިވެރިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައްޑޫ މަސްވެރިންގެ މުޒާހަރާގައި އަންގާރަ ދުވަހުވެސް މަސްވެރިންގެ އާއިލާތަކުން މި މުޒާހަރާގައި ބައިވެރިވެ އަޑު އުފުލަމުންދަނީ މަސްވެރި އާއިލާތައް ދަރަނިވެރިވެފައިވާ ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
ވެރިކަމަށް އައުމުގެ ކުރިން ފިރުމާފައި މަގާމު ލިބުނީމަ ދައްކަނީ ވަޅިން ބިރު!
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުމަށް ހުއްދަ ދިނުމަށް މަޝްވަރާތައް ކުރެވެމުންދޭ، އަދި ހުއްދަ ދީފަ އެއް ނުވާނެ - މިނިސްޓަރ ޝިޔާމް
ޝިޔާމުގެ "ބޯކޮޅު ވަތަށް". މަސްވެރިން ރަތަށް
ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން މަސްވެރިންނަށް ހުޅުމާލޭން ވިއްކާ ތެލުގެ އަގު ޝެޑްތަކުން ވިއްކާ އަގަށް ހެޔޮ ކޮށްފި
ބޮޑުކަންނެލި މަސްވެރިންގެ ޑިމާންޑަށް ސަރުކާރުގެ ފެހި ސިގްނަލެއް ލިބެންދެން 1 ނަންބަރު ޖެޓީގައި މުޒާހަރާ ކުރިއަށްދާނެ
އިންތިޚާބެއް ބޯމަތީގައި ނެތް ނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާ ދޭންޖެހޭ: ޝާހިދު