ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 12:30
ދ އަތޮޅު ކުޑަހުވަދޫ - އެރަށުގެ ގިނަ މަސްވެރިންވެސް ތިބީ ސަރުކާރާމެދު ހިތްހަމަ ނުޖެހިފައި
ދ އަތޮޅު ކުޑަހުވަދޫ - އެރަށުގެ ގިނަ މަސްވެރިންވެސް ތިބީ ސަރުކާރާމެދު ހިތްހަމަ ނުޖެހިފައި
އެމްއާރްޑީސީ
މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ
މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިންވެސް މިއަދު މުޒާހަރާއަށް ނުކުންނަނީ
މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 16:15 ގައި
މުޒާހަރާ ކުރިއަށް ގެންދަނީ ކައުންސިލަށްވެސް އަންގައިގެންކަން މަސްވެރިން ފާހަގަކުރި
ބައެއް ދޯނިތަކަށް ދެމިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރިކަން މަސްވެރިން ފާހަގަ ކުރޭ

މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިންވެސް މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އެރަށު މަސްވެރިން ބުނީ، މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 16:15 ގައި އެރަށު ބަނދަރު މަތީގައި ކަމަށެވެ.

މިއީ ކުޑަހުވަދޫ މަސްވެރިން ކުރިއަށް ގެންދާ ސުލްޙަވެރި މުޒާހަރާއެއް ކަމަށާއި، މުޒާހަރާ ކުރިއަށް ގެންދަނީ ކައުންސިލަށްވެސް އަންގައިގެންކަން މަސްވެރިން ފާހަގަކުރިއެވެ.

އަދި މި ސުލްޙަވެރި މުޒާހަރާގާއި ކުޑަހުވަދޫގެ ގިނަ ދޯނި ފަހަރު ބައިވެރިވާނެކަމަށްވެސް މަސްވެރިން މައުލޫމާތު ދެއެވެ.

ކުޑަހުވަދޫގެ މަސްވެރިންގެ މައިގަނޑު އެއް ޝަކުވާއަކީ ރައީސް ޑރ މުޙައްމަދު މުއިއްޒު ކެމްޕޭނު ތެރޭގައި އެރަަށަށް ވަޑައިގެން އެ ރަށުގައި މަސް ފެކްޓަރީއެއް ޤާއިމު ކޮށްދެއްވާނެ ކަަމަށް ވިދާޅުވެ، މަސް ފެކްޓަރީގެ މަސައްކަތް އެހެން ރަށަކަށް ބަދަލު ކުރެއްވުމެވެ.

މަސްވެރިންގެ އަނެއް ޝަކުވާއަކީ މަސް ކިރުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމެވެ. އެގޮތުން ބައެއް ދޯނިތަކަށް ދެމިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރިކަން މަސްވެރިން ފާހަގަ ކުރެއެވެ.

އެރަށު މަސްވެރިން ބުނާ ގޮތުގައި މިއީ ވަކި ޕާޓީއެއްގެ ރޫހެއްގައި ކުރިއަށްދާ ޙަރަކާތެއް ނޫނެވެ. އެގޮތުން ސަރުކާރު ހިންގާ ޕާޓީގެ މީހުންވެސް ހިމެނޭ ގޮަތަށް އެކި ޕާޓީތަކަށް ނިސްބަތްވާ މަސްވެރިން މި ޙަރަކާތުގައި އުޅޭނެއެވެ.

- ކޮމެންޓް
25 ޖޫން 2024 | އަންގާރަ 12:48
ޕާރޓް
އަހަރުމެން ނުދާނަން