ކ. މާލެ
|
24 ޖޫން 2024 | ހޯމަ 18:49
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ސިއްޙީ ޚިދުމަތުގެ ބިލަށް އިސްލާހު ގެނައުން
ސިއްޙީ ޚިދުމަތުގެ ބިލު ބަލައިގަނެ، ކޮމިޓީ އަށް ފޮނުވައިފި
ބިލުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުން ހިމެނޭ

ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލު ބަލައިގަނެ، އެ ބިލް ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުވައިފިއެވެ.

އެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވި 82 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ ބިލް ދިރާސާކުރުމަށް ފޮނުވާފައި ވަނީ އިޖުތިމާއީ ކޮމިޓީއަށެވެ.

މި ބިލް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފެވެ.

އެ ބިލުގެ ސަބަބުން، ސިއްޙީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެކަމަށް ބިލް ހުށަހަޅުއްވަމުން އިމްރާން ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ މި ބިލަކީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތަރައްގީއަށް މުހިންމު ބިލެއް ކަމަށް ފާހަގަކުރައްވާފައެވެ.

ބިލުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުން ހިމެނެއެވެ. އަދި ރާއްޖޭގައި އިތުރުވަމުންދާ ބަލިތައް ދެނެގަނެވި، އެކަމަށް އޮތް ހައްލު ދެނެގަތުމަށް ފަސޭހަކުރުމަކީ ވެސް ބިލުގެ މަގްސަދެކެވެ.

މި ބިލްގެ ސަބަބުން ޖިސްމާނީ، ނަފްސާނީ، އިންފާޓިލިޓީއާއި ކެންސަރ، ސްޓްރޯކް ހިތުގެ އަދި ކިޑްނީ ބަލިތައްފަދައް ދެނެގަނެ އޭގެ ސަބަބު ދެނެގަންނަން ފަސޭހަ ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ބިލަކީ މިއީ ސަރުކާރުން 20 ވަނަ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
ދަރަންޏާ ބެހޭ ބިލު ހިމަނައި އަވަސް ޖަލްސާއެއް އާދީއްތަ ދުވަހަށް އެޖެންޑާކޮށްފި
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުން އެ މައުލޫމާތެއް ކޮމިޓީގައި ނުދިން
ނަފްސާނީ ބަލީގެ ފަރުވާ ދެވޭނެތަނަކަށް ހުރީ ހަމައެކަނި އައިޖީއެމްއެޗްގައި ހުރި ބިންގަރާހެއް އެކަނި - ޝާކިރު
ސިއްހީ ނިޒާމް އޮތް ހާލު އެންމެ ރަނގަޅަށް އެނގޭނީ ދިމްޔާތު ބަލާލީމަ - ޒިޔާދު
ހަގީގަތް ހާމަކޮށް ސަރުކާރު ޖަވާބުދާރީކުރާ އަމިއްލަ ޓީވީތައް މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ބުނެ ސަރުކާރުން އިންޒާރު ދީފި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް