ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 18:52
ހައްޔަރުކުރި ޒުވާނާ އާއި އިތުރު މީހަކު ރާވަމުންދިޔައީ ހުޅުމާލެ ޖަލު އޮފިސަރަކަށް ހަމަލާދިނުމަށް
ހައްޔަރުކުރި ޒުވާނާ އާއި އިތުރު މީހަކު ރާވަމުންދިޔައީ ހުޅުމާލެ ޖަލު އޮފިސަރަކަށް ހަމަލާދިނުމަށް
ސަން އޮންލައިން
މާރާމާރީ ހިންގަން އުޅުނު މައްސަލަ
ތަހުގީގު ނިމެންދެން ބަންދުކުރީ ޖަލު އޮފިސަރަކަށް ފާރަލައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މީހެއް
މި މައްސަލައިގައި ތުހުމަތުކުރެވޭ 24 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހއ. ބާރަށުން ހައްޔަރުކުރި
ކޯޓުއަމުރެއްގެ ދަށުން 26 އަހަރުގެ ޒުވާނާ ހައްޔަރުކުރި
ޖަލު އޮފިސަރަކަށް ފާރަލައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލަ 11 ޖޫން ގައި ފުލުހުންނަށް ހުށަހެޅުނު

ތަހުގީގު މަރުހަލާނިމި ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމާއި ހަމައަށް ބަންދުކުރީ ޖަލު އޮފިސަރަކަށް ފާރަލައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެދިގެން ތަހުގީގު ނިމެންދެން ބަންދުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ކުޑަ އީދުގައި ޖަނަވަރީ މަގާއި މަޖީދީމަގު ޖަންކްޝަންގައި ހިނގި ގްރޫއްޕު މާރާމާރީގައި ހިމެނުނު 26 އަހަރުގެ އަހުމަދު ރަބީއު، ގުލޭނޫރަންމާގެ/ގއ. މާމެންދޫއެވެ.

ފުލުހުން އެދިގެން އޭނާ ބަަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަންވީ ތަހުގީގު މަރުހަލާނިމި ޕީޖީއޮފީހަށް މައްސަލަ ހުށަހެޅުމާއި ހަމައަށް ކަމަށެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

ބަންދު އަމުރުގައި ވަނީ ބަންދުގައި ބަހައްޓަން ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 17/2020 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގަނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 41/2024) ގެ 16 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށެވެ.

މި މައްސަލައާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ޖަލުގައި މަސައްކަތް ކުރާ ޖަލު އޮފިސަރަކަށް ފާރަލައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލަ 11 ޖޫން ގައި ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނަކު 20 ޖޫންގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ 24 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހއ. ބާރަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގޅިގެން ހައްޔަރުކުރި ދެ މީހުން ވެސް ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް