ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 13:26
 އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީ
މަސްވެރިންގެ ކަންބޮޑުވުންތައް
މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދެއްކުމަށް ދެއްކޭނެ ބަހަނާއެއް ނެތް: ޝާހިދު
މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ އެއީ ގޯހެއް
ބައެއްގެ އަތުން އެއްޗެއް ގަނެފިނަމަ، އެ އެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބެއް

މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދެއްކުމަށް ދެއްކޭނެ ބަހަނާއެއް ނެތްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައެއްގެ އަތުން އެއްޗެއް ގަނެފިނަމަ، އެ އެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބެއް ކަމަށެވެ.

އަދި އެއީ އެއެއްޗެއް ގަންނަ ބައެއްގެ ހެޔޮކަމުން ނުވަތަ ދީލަތިކަމުން ކުރަންޖެހޭ ކަމެއްނޫންކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބަލާއިރު، މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ އެއީ ގޯހެއްކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އޭގައި ދެއްކޭނެ ބަހަނާއެއް ނެތް ކަމަށެވެ.

ޝާހިދު ވަނީ އައްޑޫ މަސްވެެރިންނާއި އެހެނިހެން މަސްވެރިން އަތުން ގަނެފައިވާ މަހަށް ނުދައްކާހުރި ފައިސާ ދައްކާ ޚަލާސް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ނުދޭ މައްސަލައިގައި މަސްވެރިން ހިތްހަމަ ނުޖެހުން ފާޅު ކޮށް އައްޑޫ އަތޮޅުގައި މަސްވެރިން ހުކުރު ދުވަހު ކުރަން ފެށި އިހުތިޖާޖު އައްޑޫ ސިޓީގައި އަދިވެސް ކުރިއަށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
ޖަމީލުގެ މަރުގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރީ ގަވައިދާ ޚިލާފަށް: އެމްޑީޕީ
"މުއިއްޒު ވެރިކަމަށް ގެންނަން ނިދި ނަގާލާފައި މަސައްކަތް ކުރިން، މިއަދު އަސަރާއެކު ގޮވާލަން ބޭނުމީ އިސްތިއުފާ ދެއްވާށޭ"
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
ކުންފުނިތަކުގެ ޕޭރޯލް ނުކަތާ ހިސާބަށް - ގިނަ ކުންފުނިތަކުގެ ޕޭރޯލް އަށް 5 މިލިއަންގެ އިތުރުވުމެއް!
މި ސަރުކާރުން ޢަމަލުކުރީ ރިކަރަންޓް ޚަރަދު ބޮޑުތަނުން އިތުރުވާ ގޮތަށް، ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ނެތް: އަމީރު
އައްޑޫ މަސްވެރިން ގެ މުޒާހަރާގައި ރައީސް މުއިއްޒު، ފިޝަރީޒް މިނިސްޓަރ ޝިޔާމްގެ އިސްތިއުފާ އަށް ގޮވައިފި
މިއަދު ކަންކަން ވަމުންދާ ގޮތުން އެމްޑީޕީގެ ވެރިކަމެއް ނެތްކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭ: އާޒިމް