ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 13:08
މެޗުގައި ލަނޑު ޖެހުމަށްފަހު މެކްސިކޯގެ އާޓެއެގާ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މެކްސިކޯގެ އާޓެއެގާ އުފާ ފާޅު ކުރަނީ
ޓްވީޓަރ
ކޮޕާ އެމެރިކާ 2024
ޖަމެއިކާ ބަލިކޮށް، މެކްސިކޯ އަށް ރަނގަޅު ފެށުމެއް
މެޗުގައި މެކްސިކޯގެ ލަނޑު ޖެހީ ޖެރާޑޯ އާޓެއެގާ.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖެމެއިކާ ބަލިކޮށް، މެކްސިކޯ އިން ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

މުބާރާތުގައި މެކްސިކޯ އޮތީ ގްރޫޕް ބީގަ އެވެ. މެކްސިކޯ އާއި ޖެމެއިކާގެ އިތުރުން ދެން މި ގްރޫޕުގައި އޮތީ ވެނެޒުއެލާ އާއި އެކުއެޑޯ އެވެ.

މެކްސިކޯގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ފަތުހު އެ ޓީމުން ވަނީ ޖެމައިކާގެ މައްޗަށް 1-0 އިން ކުރި ހޯދައިފަ އެވެ. މެޗުގައި މެކްސިކޯ އިން އެ ޓީމުގެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެކްސިކޯ އިން ލަނޑު ޖެހުމުގެ ކުރިން، ޖެމެއިކާ އިން ވަނީ މެޗުގައި ލަނޑެއް ޖަހައިފަ އެވެ. މިކައިލް އެންޓޯނިއޯ ޖެހި ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި މެކްސިކޯ އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. ލުއިސް ރޮމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ކުރި ހޯދައިދިނީ ޖެރާޑޯ އާޓެއެގާ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މެކްސިކޯގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ވެނެޒުއެލާއާ ދެކޮޅަށެވެ. ވެނެޒުއެލާ އިން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް