ކ. މާލެ
|
21 ޖޫން 2024 | ހުކުރު 20:22
ކުރިން ބޭއްވި އެސްޓްރަބޮން އެކްސްޕޯ އެއްގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް
ކުރިން ބޭއްވި އެސްޓްރަބޮން އެކްސްޕޯ އެއްގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް
އެސްޓްރަބޮން އެކްސްޕޯ 2024
މި އަހަރުގެ އެސްޓްރަބޮން އެކްސްޕޯ އަންނަ ޖުލައި މަހު ބާއްވަނީ
މިއީ ވިދިވިދިގެން އެސްޓްރަބޮން އެކްސްޕޯ ބާއްވާ 3 ވަނަ އަހަރު.

މި އަހަރުގެ އެސްޓްރަބޮން އެކްސްޕޯ އަންނަ ޖުލައި މަހު ބާއްވަން ތާވަލްކޮށްފިއެވެ.

އެސްޓްރަބޮންގެ އޮފިޝަލަކު ރާއްޖެ އެމްވީ އަށް ވިދާޅުވީ އެ އެކްސްޕޯ ކުރިއަށް ގެންދާނީ ޖުލައި މަހުގެ 13-14 އަށް ހެނދުނު 9 އިން 5 އަށް ކަމަށެވެ.

އަދި މި އަހަރު އެ އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވަނީ މަންހަޓަންގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮރެކާ ޓްރޭޑް އިވެންޓްކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ އެކްސްޕޯގައި ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ބޭރުގެ ސަޕްލަޔަރުން ބައިވެރިވާނެ ކަމަށް އެސްޓްރަބޮން އިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އިޓަލީގެ ސަޕްލަޔަރުން ހިމެނޭކަމަށް އެސްޓްރަބޮން އިން ވަނީ ބުނެފައެވެ.

އެސްޓްރަބޮން އިން ބުނީ ރާއްޖެއަކީ ޓުއަރިޒަމް އަށް ބަރޯސާ ވާ ޤައުމަކަށް ވާއިރު ރިސޯޓް އަދި ހޮޓާ އެންމެ ކޮލިޓީ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމަކީ އެސްޓްރަބޮންގެ މައިގަނޑު އަމާޒުކަމަށެވެ.

މި އެކްސްޕޯ މެދުވެރިކޮށް ފެންވަރު ރަނގަޅު އަދި ފުޅާ ރޭންޖެއްގެ ޕްރޮޑަކްޓްތައް ފެނިގެންދާނެ ކަމަށް އެސްޓްރަބޮން އިން ވަނީ ބުނެފައެވެ.

2020 އިން ފެށިގެން ރާއްޖޭގެ ހޮޓެލް އަދި ރިސޯޓްތަކަށް އެންމެ ކޮލިޓީ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގައި އެސްޓްރަބޮން ދަނީ އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެމުންނެވެ.

މިއީ ވިދިވިދިގެން އެސްޓްރަބޮން އެކްސްޕޯ ބާއްވާ 3 ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް