ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 03:18
އެސްޓްރަބަންގެ އައު ވެބްސައިޓް
އެސްޓްރަބަންގެ އައު ވެބްސައިޓް
ރާއްޖެއެމްވީ
އެސްޓްރަބަންގެ އުފެއްދުންތައް
އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
 
އެސްޓްރަބަން އަކީ 50 އަށް ވުރެ ގިނަ ސަޕްލަޔަރުންގެ ހައި ކޮލިޓީ ބްރޭންޑުތައް ވިއްކާ ކުންފުންޏެއް

ފުޑް އެންޑް ބެވަރޭޖް (އެފްއެންޑްބީ) ދާއިރާއާ ގުޅޭ ސާމާނު ރާއްޖެއަށް އެތެރެކޮށް ވިއްކާ އެސްޓްރަބަން ކުންފުނީގެ އުފެއްދުންތައް ފަސޭހަކަމާއެކު ގަނެވޭގޮތަށް އައު ވެބްސައިޓެއް ފަރުމާކޮށްފިއެވެ.

އެސްޓްރަބަން އަކީ 50 އަށް ވުރެ ގިނަ ސަޕްލަޔަރުންގެ ހައި ކޮލިޓީ ބްރޭންޑުތައް ވިއްކާ ކުންފުންޏެކެވެ. އެސްޓްރަބަން އިން ރިސޯޓް، ހޮޓާ، ގެސްޓް ހައުސް އަދި ލަގްޒަރީ އެޕާޓްމަންޓްތަކަށް ބޭނުންވާ ހުރިހާ އެއްޗެއް ހައި ކޮލިޓީގައި އަގު ހެޔޮކޮށް ވިއްކަމުން ދެއެވެ. އަލަށް ފަރުމާ ކޮށްފައިވާ ވެބްސައިޓްގައި ކޮންމެ ކަސްޓަމަރަކަށްވެސް އަމިއްލަ އެކައުންޓެއް ހެދޭނެއެވެ. އަދި ދިވެހި ރުފިޔާ، ޑޮލަރު އަދި ޔޫރޯ އިން ވެބްސައިޓްގައި ހުންނަ ތަކެތި ގަނެވޭނެއެވެ.

ފަސޭހަކަމާއެކު އެމީހަކު ގަންނަން ބޭނުންވާ އެއްޗެއް ކެޓަގަރީ މެދުވެރިކޮށް ހޯދާލެވޭއިރު އެ މުދަލެއް ގަންނަން ބޭނުންވާނަމަ ޕްރީ އޯޑަރ ކޮށްލެވޭނެއެވެ. އަދި އެމީހަކު ތަކެތި ގަތުމަށް ބޭނުންވާ ބްރޭންޑާއި އަގުގެ ރޭންޖު ވަކިން ބަލާލެވޭނެއެވެ.

މީގެއިތުރުން ސޭލްގައި ހުންނަ މުދަލާއި އައު ޕްރޮމޯޝަންތައްވެސް ވެބްސައިޓުން ބަލާލެވޭނެއެވެ.

އައު ވެބްސައިޓާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެސްޓްރަބަންގެ ސީއީއޯ ޔޫސުފް ރިފްއަތް ވިދާޅުވީ ވެބް ސައިޓަށް ގެނައި ބަދަލާއެކު ޔޫސަރ ފްރެންޑްލީ ވުމުގެ އިތުރުން މޯބައިލް ވަރޝަނެއްވެސް މިހާރު އިންނާނެކަމަށެވެ. މިއާއެކު ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެސްޓްރަބަން އިން ތަކެތި ގަނެވޭނެކަމަށާއި ބޭނުންވާ ތާކަށް ޑެލިވަރވެސް ކޮށްދޭނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ގަންނަ ތަކެއްޗަށް ބަލާފައި ޚާއްސަ ޑިސްކައުންޓްތައްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. ސްޓޮކްގައި އެމުދަލެއް ނެތްނަމަ އޯޑަރުވެސް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ކުރިޔަށް އޮތްތަނުގައި އަތޮޅުތަކުގައިވެސް އެސްޓްރަބަން ރެޕްރެޒެންޓް ކުރާ ފަރާތްތައް ތިބޭނެކަމަށާއި އެއާއެކު އެސްޓްރަބަން އިން ވިއްކާ ތަކެތި ގަތުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށް ޔޫސުފް ރިފްއަތު ވިދާޅުވިއެވެ.

އެސްޓްރަބަން އިން އަންނަނީ އެކުންފުނިން އެތެރެކޮށް ވިއްކާ އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ޝޯކޭސް ކޮށް ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ފަރާތްތަކަށް މި ޕްރޮޑަކްޓުތައް ދައްކާލައި، އެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްސަ އެކްސްޕޯވެސް ބާއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް