ކ. މާލެ
|
21 ޖޫން 2024 | ހުކުރު 19:36
އީދު މިސްކިތުގައި ހުރި ފަންކާ ނެގި މައްސަލައިގައި މޭޔަރު އެތަނުގައި އެކަންތައް ބައްލަވަނީ
އީދު މިސްކިތުގައި ހުރި ފަންކާ ނެގި މައްސަލައިގައި މޭޔަރު އެތަނުގައި އެކަންތައް ބައްލަވަނީ
މާލެ ސިޓީ ކައުންސިލް
މިސްކިތުން ވައްކަން ކުރުން
މި އަހަރުގެ މިހާތަނަށް މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ
މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފައި
މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައި

މި އަހަރުގެ މިހާތަނަށް މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ އީދު މިސްކިތުން މި މަހު 10 ފަންކާ ވަގަށް ގެންގޮސްފައިވާތީ އެ މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން އެކްސްގައި ޕޯސްޓު ކުރުމާ ގުޅިގެންނެވެ.

ފުލުހުން ބުނެފައިވަނީ މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ އިރު، މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދާ ހަވާލުކޮށްފައި ކަމަށެވެ.

މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނެހެދުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް
21 ޖޫން 2024 | ހުކުރު 20:51
Nazim
Miskithuga camera alhuvaafa hunnanee emme agubodu mudhaathah nufennagothah,