ކ. މާލެ
|
17 ޖޫން 2024 | ހޯމަ 14:30
1445 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖުވެރިން މައްކާ، ސަޢޫދީ ޢަރަބިއްޔާގައި
1445 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖުވެރިން މައްކާ، ސަޢޫދީ ޢަރަބިއްޔާގައި
އެކްސް / މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ
ޙައްޖު 1445
މި އަހަރުގެ ހައްޖު އަދަދުން – 2024 ވަނަ އަހަރު އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ އޭޝިއާ ސަރަހައްދުން
ހައްޖަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ވައިގެ މަގުން
ވައިގެ މަގުން 1،546،354 މީހުން، ކަނޑުމަގުން 4،714 މީހުން

ހައްޖުގެ އަޅުކަން އަދާ ކުރުމުގައި 2024 ވަނަ އަހަރު 1.83 މިލިއަން މުސްލިމުން ބައިވެރިވި ކަމަށް ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން ހޮނިހިރު ދުވަހު ވަނީ ހާމަ ކޮށްފައެވެ.

ސައުދީގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، ހައްޖަށް ދިޔަ މީހުންގެ ފުރިހަމަ އަދަދަކީ 1،833،164 އެވެ.

މީގެ ތެރެއިން 1،611،310 މީހުންނަކީ ގައުމުން ބޭރުން ހައްޖުވުމަށް އައި މީހުންނެވެ.

ސައުދީގެ ރައްޔިތުންނާ އަދި އެ ގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ހައްޖުގައި ބައިވެރިވީ 221،854 މީހުންނެވެ.

ހައްޖުގައި 958،137 ފިރިހެނުން ބައިވެރިވި އިރު، ހައްޖުގައި ބައިވެރިވި އަންހެނުންގެ އަދަދަކީ 875،027 އެވެ.

ހައްޖުވުމަށް އެހެން ގައުމުތަކުން އައި މީހުންގެ 22.3 އިން ސައްތަ އަކީ އަރަބި ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. 63.3 އިން ސައްތަ މީހުން ނިސްބަތްވަނީ އަރަބި ގައުމުތަކުގައި ނުބެލޭ ނުބެލޭ އޭޝިއާ ސަރަހައްދުން އައި މީހުންނެވެ. އެފްރިކާ ސަރަހައްދުން ހައްޖަށް އައި މީހުންގެ ނިސްބަތަކީ 11.3 އިން ސައްތަ އެވެ. ޔޫރަޕާއި، އެމެރިކާ، އޮސްޓްރޭލިއާ ހިމެނޭ ގޮތުން އެހެނިހެން ގައުމުތަކުން ހައްޖަށް އައި މީހުންގެ ނިސްބަތަކީ 3.2 އިން ސައްތަ އެވެ.

ހައްޖަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ވައިގެ މަގުންނެވެ. އެއީ 1،546،354 މީހުންނެވެ. ކަނޑުމަގުން 4،714 މީހުން ހައްޖަށް އައިސްފައިވެއެވެ. ބޯޑަރު ހުރަސްކޮށް އެއްގަމު މަގުން ހައްޖަށް އައީ 60،251 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް