ކ. މާލެ
|
17 ޖޫން 2024 | ހޯމަ 01:26
ސައިކަލްތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި
ސައިކަލްތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި
އެމްއެންޑީއެފް
އަލިފާނުގެ ޙާދިސާ ހިނގުން
ޕެޓްރޯލް ޝެޑް ސަރަޙައްދުގައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި
މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި
ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 00:42 ހާއިރު
އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ލިބިފައި ނުވޭ

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

ޕެޓްރޯލް ޝެޑްގެ ފުރަގަހަށް އޮންނަ މެހެލި ގޯޅި ތެރޭގައި އަލިފާނުގެ ޙާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެރޭ 00:37 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 00:42 ހާއިރުއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ލިބިފައި ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް