Advertisement
ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 10:51
ޕީއައިއެލްސީގެ ނައިބު ރައީސް އަބްދުﷲ ނާހިދު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނީ
ޕީއައިއެލްސީގެ ނައިބު ރައީސް އަބްދުﷲ ނާހިދު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މަސައްކަތްތެރިންގެ ހައްގުތައް
މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް ޤާނޫނު ތަންފީޒު ނުކުރެވޭ އެއް ސަބަބަކީ ލޭބަރ ރިލޭޝަންސް އޮތީރިޓީ އަށް އޮތް ބާރުކުޑަވުން - ޕީއައިއެލްސީ
ޔޫނިއަންތައް މެދުވެރިކޮށް އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ހައްގުތައް ހޯދަން ވަކާލާތުކުރުން މުހިންމު
ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުންނަށް އިތުރު ވަގުތުގެ އެލަވެންސް ނުލިބުމުގެ މައްސަލަ ދިމާވޭ

މަސައްކަތްތެރިންގެ ޤާނޫނު ތަންފީޒު ނުކުރެވޭ އެއް ސަބަބަކީ ލޭބަރ ރިލޭޝަންސް އޮތީރިޓީ އަށް އޮތް ބާރުކުޑަވުން ކަމަށް ޕީއައިއެލްސީގެ ނައިބު ރައީސް އަބްދުﷲ ނާހިދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ލޭބަރ ރިލޭޝަންސް އަށް މިހާރު އޮތް ހަމައެކަނި ބާރަކީ ބްލެކް ލިސްޓްކުރުމާއި ޖޫރިމަނާކުރުން ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސިވިލް ސަރވިސް އަކީ އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ އެއް ދާއިރާ ކަމަށް ވާއިރު ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުންނަށް އިތުރު ވަގުތުގެ އެލަވެންސް ނުލިބުމާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ދޭން ޖެހޭ އެލަވަންސްތައް ނުލިބޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ނާހިދު ވިދާޅުވިއެވެ.

Advertisement

އެކަން އެގޮތަށް ހިނގަނީ ޤާނޫނު ތަންފީޒު ނުކުރެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރަކީ ޤާނޫނުތައް ތަންފީޒުކުރުމުގައި ނަމޫނާ ދައްކަން ޖެހޭ ބައެއް ކަމަށް ވީ ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަަމަށް ނާހިދު ވަނީ ވިދާޅުވެފައެވެ.

ނާހިދު އިތުރަށް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަދައްކާ އިރު އަމިއްލަ އޮފީސްތަކުގެ ވާހަކަ ދެކެވެނީ ވަރަށް މަދު ފަހަރެއްގައި ކަމަށެވެ. ޤާނޫނުތައް ރަނގަޅަށް ތަންފީޒު ކުރެވޭނީ ހަމައެކަނި މައްސަލަ އެއް ހުށަހެޅުމުން އެކަމަށް އިޖާބަ ދިނުމުގެ ބަދަލުގައި މިހާރަށް ވުރެ ބޮޑަށް ފާރަވެރިވެ، ޤާނޫނު ތަންފީޒު ނުކުރާ ނަމަ ފިޔަވަޅު އެޅޭނެ މަގު ފަހިކޮށްގެން ކަަމަށް އޭނާ ވިދާޅުވިއެވެ.

ކުދި ފިހާރަތައް ފަދަ ތަންތަން އެ ތަންތަނުގައި ފާހަނާ ކުރަން ވެސް ނުފޮނުވާ. ނަމާދު ކުރަން ވެސް ވަގުތު ނުލިބޭ. މި ހުންނަނީ ކުރެވޭނެ ކަންކަމެއް ނޫން. އެއީ އަސާސީ ހައްގުތަކެއް އެބަ ހުރޭ ކޮންމެހެން މުވައްޒަފަށް ދޭން ޖެހޭ ވަޒީފާ ދޭ ފަރާތުން.
ޕީއައިއެލްސީގެ ނައިބު ރައީސް އަބްދުﷲ ނާހިދު

ނާހިދު ވިދާޅުވީ މަސައްކަތުގެ މައިދާނުގައި އެކުލަވާލަން ޖެހޭ އެގްރީމެންޓް ވެސް ޤާނޫނާއި އެއްގޮތަށް އެކުލަވާލާފައި ވަނީ މަދި ތަނެއްގައި ކަމަށެވެ. އެގޮތުން ވަޒީފާގެ އެއްބަސްވުމުގައި އަދާކުރަން ޖެހޭ މަސްޢޫލިއްޔަތު ފަދަ މުހިންމު އަސާސީ މައުލޫމާތު ވެސް ފުރިހަމަ ކޮށްފައި ނުހުންނަ ކަމަށް ފާހަގަކުރެއްވިއެވެ. ނާހިދު އިތުރަށް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތަކާއި މެދު ވާހަކަދައްކަން އަދިވެސް ވަރަށް ގިނަ މުވައްޒަފުން ޖެހިލުންވާ ކަމަށެވެ. އެހެންނަމަވެސް އެ ކަންކަމާއި މެދު އަޑު ނު އުފުލާ ކަންކަން ރަނގަޅު ނުވާނެ ކަމަށާއި އެންމެ އެކަށީގެން ވަނީ ޔޫނިއަންތަކެއް އެކުލަވާލާ އެ ޔޫނިއަންތައް މެދުވެރިކޮށް އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ހައްގުތައް ހޯދަން ވަކާލާތުކުރުން ކަމަށް ނާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް