ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 08:45
މާލޭގެ މަގުތައް ދުއްވާއެއްޗެހިން ތޮއްޖެހިފައި، ދުއްވާތަކެތި މަދުކުރަން ކުރެވޭ މާ ބޮޑު ކަމެއް ނުފެނޭ
މާލޭގެ މަގުތައް ދުއްވާއެއްޗެހިން ތޮއްޖެހިފައި، ދުއްވާތަކެތި މަދުކުރަން ކުރެވޭ މާ ބޮޑު ކަމެއް ނުފެނޭ
ރާއްޖެއެމްވީ
ޤަވާއިދާއި ޚިލާފުވުން
ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑެއް އަޅުވައިގެން ދުއްވި މައްސަލައެއް ބަލަނީ
ހޮނިހިރު ދުވަހު 18:18 ހާއިރު ހައިވޭގައި ދުއްވި އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލަ އެއް ވަނީ ފެންމަތިވެފައި

ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑެއް އަޅުވައިގެން ދުއްވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލެ ސަރައްދުގައި ދެ އުޅަނދެއް ޤަވާއިދާއި ޚިލާފަށް ދުއްވާފައިވާ މައްސަލަ އެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށާއި އެ މައްސަލަތައް ބަަލަމުންދާ ކަމަށެވެ. ފުލުހުން ބުނީ އޭގެ ތެރެއިން އެއް މައްސަލަ އަކީ ހޮނިހިރު ދުވަހު 18:18 ހާއިރު ހައިވޭގައި ދުއްވި އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލަ އެއް ކަމަށެވެ.

އެ އުޅަނދު ދުއްވާފައި ދިޔައީ ހައިވޭގެ ދެކުނުން އުތުރަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ވެހިކަލް ދުއްވި ފަރާތަކީ ލައިސެންސް ނެތް ފަރާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންނަށް ހުށަހެޅި ދެ ވަނަ މައްސަލަ އަކީ އެއާޕޯޓް ލައިޓުގެ އިރުން ހުޅަނގަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ޤަވާއިދާއި ޚިލާފަށް ދަތުރުކުރި މައްސަލައެކެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް