ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 19:19
އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް
އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ
76 ބިލެއް ހިމެނޭހެން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާންމުކޮށްފި
ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން އެކުލަވާލާ 78 ބިލަކީ މުޅިން އަލަށް އެކުލަވާލާ ބިލެއް
އެ ބިލުތައް އެކުލަވާލާފައި ވަނީ ޖުމްލަ 15 މައުޟޫއަކަށް

76 ބިލެއް ހިމެނޭހެން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާންމުކޮށްފިއެވެ.

އެ ލެޖިސްލޭޓިވް އެޖެންޑަރ އާންމުކުރެއްވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓަރނީ ޖެނެރަލް އަހުމަދު އުޝާމެވެ.

އުޝާމް ވިދާޅުވީ، އެ އެޖެންޑާގައި 6 ދާއިރާ އަކަށް އަލިއަޅުވާލާފައި ވާނެ ކަމަށެވެ. އަދި 2023 އިން ވަނަ އަހަރުން ފެށިގެން 5 އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ގަސްދުކުރާ ބިލުތައް އެ އެޖެންޑާގައި ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

ޖުމުލަ 13 މިނެޓު ހިމެނޭ މި އެޖެންޑާ ފާސްކުރީ ބުރާސްފަތި ދުވަހުގެ ވަޒީރުންގެ މަޖިލީހުންނެވެ.

އުޝާމް ވިދާޅުވީ މި އެޖެންޑާ އެކުލަވާލި އިރު ޤާނޫނު އަސާސީގެ ދަށުން އެކުލަވާލަން ޖެހޭ ބިލުތައް ޤާނޫނު އަސާސީއާ ތަޢާރުޟުވުމުގެ ސަބަބުން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތައް ހިމަނާފައިވާނެ ކަމަށެވެ. އަދި އިދާރާތައް ހިންގުމާއި ގުޅުން ހުރި ބިލުތައް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ޤާނޫނުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ވެސް ބިލުތައް ހުށަހަޅުއްވާނެ ކަަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނުތައް ޒަމާނަށް ފެތޭ ޤާނޫނުތަކަށް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ނޭޝަނަލް ޕްލޭނިންގ ޤާނޫނުގެ ބިލުވެސް މިއެޖެންޑާގައި ހިމަނާފައިވެއެވެ. ސަރުކާރުން ބުނީ ސަރުކާރުތައް ބަދަލުވީ ނަމަވެސް ބުރަ މަސައްކަތްކޮށްގެން އެކުލަވާލާ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބަދަލު ނުގެނެވޭ ގޮތަށް އެ ޤާނޫނުގެ ދަށުން މަގުފަހިވެގެންދާނެ ކަމަށެވެ. ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން އެކުލަވާލާ 78 ބިލަކީ މުޅިން އަލަށް އެކުލަވާލާ ބިލެވެ. އެ ބިލުތައް އެކުލަވާލާފައި ވަނީ ޖުމްލަ 15 މައުޟޫއަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް