ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 11:33
ހަތަރު ވަނަ ސިޑްސް ކޮންފަރެންސްގެ ތެރެއިން ޕްރައިވެޓް ސެކްޓާ ރައުންޑްޓޭބަލްގައި މިނިސްޓަރ ޒަމީރު
ހަތަރު ވަނަ ސިޑްސް ކޮންފަރެންސްގެ ތެރެއިން ޕްރައިވެޓް ސެކްޓާ ރައުންޑްޓޭބަލްގައި މިނިސްޓަރ ޒަމީރު
ހާރިޖީ ވުޒާރާ
މާލީ ނިޒާމް ހަރުދަނާކުރުން
ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ
މި އިސްނެގުމުގެ ދަށުން ސަރުކާރުގެ ކޮންމެ ކުންފުންޏަކުންވެސް ޤާބިލު އެކައުންޓަންޓެއް ވަޒީފާއަށް ނެގުމާއި، ހާމަކަން ބޮޑު މާލީ އުސޫލުތަކެއް ކަށަވަރުކުރުމަށްޓަކައި ރަނގަޅު އޮޑިޓް ނިޒާމެއް ޤާއިމްކުރަންޖެހޭނެމަށް ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ ކުންފުނިތަކަށް ޗާޓަޑް އެކައުންޓަންޓުން ޢައްޔަންކުރުމަށް ލާޒިމްކޮށް ގަވައިދު އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ސަރުކާރުގެ ޚަރަދުތައް މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކު ރައީސް އޮފީހުގައި ހޮނިހިރު ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ޒަމީރު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ކުންފުނިތައް އިސްލާހުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

"ސަރުކާރުގެ ކޮންމެ ކުންފުންޏެއްގެ މާލީ ހިސާބުތައް ރާއްޖޭގައި ހުރި ޗާޓަޑް އެކައުންޓަންޓަކު ބަލަހައްޓާނެކަން ސަރުކާރުން ކަށަވަރުކުރާނެ،" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. އަދި މި އިސްނެގުމުގެ ދަށުން ސަރުކާރުގެ ކޮންމެ ކުންފުންޏަކުންވެސް ޤާބިލު އެކައުންޓަންޓެއް ވަޒީފާއަށް ނެގުމާއި، ހާމަކަން ބޮޑު މާލީ އުސޫލުތަކެއް ކަށަވަރުކުރުމަށްޓަކައި ރަނގަޅު އޮޑިޓް ނިޒާމެއް ޤާއިމްކުރަންޖެހޭނެމަށް ޒަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ދައުލަތުގެ މުދަލާ ފައިސާ ބަލަހައްޓާ ފަރާތްތައް ޒިންމާދާރު ކުރުވުމަށްޓަކައި ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރަން ޖެހޭ ކަމުގައެވެ. ޒަމީރު ފާހަގަ ކުރެއްވި ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސްގައި މިހާރުވެސް މި ކަންކަމާ ގުޅޭ ޚާއްސަ ސެކްޝަނެއް އޮތްނަމަވެސް، އެހެން ޤާނޫނީ މުއައްސަސާއަކާ އިޚްތިސާސް ފުށުއަރާތީ ޤާނޫނީ މައްސަލަތަކެއް ދިމާވާކަމަށެވެ.

މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގެ އިތުރުން، އެޓަރނީ ޖެނެރަލް އަހްމަދު އުޝާމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކަށް އެކަށީގެންވާ ގޮތެއްގައި ތަމްސީލުކުރުމަށް ޤާނޫނީ އޮޅުންބޮޅުންތައް ހުރިކަމުގައެވެ. އެ ގޮތުން ސަރުކާރުގެ ކުންފުނިތައް ބެލެހެއްޓުމަށް ޚާއްޞަ ރެގިއުލޭޓަރީ އިދާރާއެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ކުންފުނިތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ހުރި ގޮންޖެހުންތައްވެސް އުޝާމް ފާހަގަކުރެއްވިއެވެ. އުޝާމް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ދަށުން ސަރުކާރުގެ ކުންފުނިތައް ބެލެހެއްޓި އިރު މިހާރަށްވުރެ ހަރުދަނާކޮށް އެތަންތަން ހިންގާފައިވާ ކަމަށާއި، މި ކަމަށް ހައްލު ހޯދުމަށް ޤާނޫނީ އިޞްލާޙުތަކެއް ގެނައުމަށް ވިސްނަމުންދާކަމަށެވެ.

ސަރުކާގެ ކުންފުނިތަކުގެ ހިންގުމާއި ހިސާބު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ވާހަކަ މިނިސްޓަރ އޮފް ފިނޭންސް އާއި އެޓާރނީ ޖެނެރަލް ދެއްކެވި އިރު، ޑރ. މުއިއްޒު ގެ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ އެތައް ކަރަޕްޝަންގެ މައްސަލައެއް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާ ގުޅިފައިކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ސަރުކާރުގެ މާލީ ހިސާބުތައް ގަވައިދުން މިނިސްޓްރީ އޮފް ފިނޭންސުން ހާމަ ކުރުމަނުން ނުދާތީ، ވޯލްޑް ބޭންކުންވެސް ވަނީ ދާދި ފަހު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

- ކޮމެންޓް