ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 16:46
އޭޑީކޭ
އޭޑީކޭ
ދަ އެޑިޝަން
ޑެންގީހުން ފެތުރުން
ރާއްޖޭގައި ޑެންގީހުން ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ
މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައިވޭ
ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް މަސައްކަތް ކުރަންޖެހޭ
މިއަހަރު އޭޕްރީލް މަހު ޑެންގީހުމުގެ 247 ކޭސް، މެއި މަހު 610 ކޭސް ރިޕޯޓުކޮށްފައިވޭ

ރާއްޖޭގައި ޑެންގީހުން ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ޑެންގީހުން ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ވަނީ އިތުރުވެފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރުވެސް އޭޕްރީލް މަހު ވަނީ ޑެންގީ އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރު އޭޕްރީލް މަހު ޑެންގީ ހުމުގެ 247 ކޭސް، މެއި މަހު 610 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

ޑެންގީހުން ފެތުރޭ މިންވަރު އިތުރުވާތީ ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ޑެންގީ އިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ސްޕްރޭ ބޭނުން ކުރުން މުހިންމު ކަމަށާއި، ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބަހައްޓަންޖެހޭ ކަމަށެވެ.

ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާގެ ތެރޭގައި އަރާމު ކުރުމާއި، ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމާއި، ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް