ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 14:18
އޮޕަރޭޝަން ކުރަނގީގެ ދަށުން މާފުށީގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރަނީ
އޮޕަރޭޝަން ކުރަނގީގެ ދަށުން މާފުށީގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރަނީ
ހޯމް މިނިސްޓްރީ
އޮޕަރޭޝަން ކުރަނގި މާފުށީގައި ފެށުން
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" މާފުށީގައި ފަށައިފި
އޮޕަރޭޝަން ކުރަނގި ފުރަތަމަ ފަށާފައިވަނީ 2 މެއި 2024 ގައި
މިހާތަނަށް 705 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ނަގާފައިވޭ
މުޅި ރާއްޖޭގައި އޮޕަރޭޝަން ކުރަނގި ކުރިއަށް ގެންދަނީ 3 ފޭސްއަކަށް ބަހާލައިގެން

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އޮޕަރޭޝަން ކުރަނގި'' ކ.މާފުށީގައި ފަށައިފި އެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގި ފުރަތަމަ ފަށާފައިވަނީ 2 މެއި 2024 ވީ ބުރާސްފަތި ދުވަހު ކ. ހިންމަފުށީގައެވެ.

ހޯމް މިނިސްޓްރީން ބުނީ މިހާތަނަށް 705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގައި އެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ކަމަށެވެ.

މުޅި ރާއްޖޭގައި އޮޕަރޭޝަން ކުރަނގި ކުރިއަށް ގެންދަނީ 3 ފޭސްއަކަށް ބަހާލައިގެންނެވެ.

Advertisement

ފުރަތަމަ ފޭސްގެ ގޮތުގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރާނެއެވެ. އޭގެފަހުން ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދޭނެ އެވެ. 3 އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ރަޖިސްޓަރ ނުވާ ނުވަތަ އައިޑެންޓިޓީ ނޭނގޭ ސައްހަ ލިޔެކިއުންތައް ނެތް ބިދޭސީން ޑީޕޯޓުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިމަސައްކަތްތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ ނަގައި ގަވައިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އަދި ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ހޯމް މިނިސްޓްރީގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދެވިގެންދާނެއެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށާއި، މި ޕްލޭންގެ ދަށުން މަސައްކަތް ކުރެވިއްޖެނަމަ މިމައްސަލަ ހައްލު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް