ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 08:48
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ކުރީގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ކުރީގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރައީސް މުއިއްޒުގެ ސަރުކާރު
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
 
އެމްޑީޕީން މަސައްކަތް ކުރަނީ މެޖޯރިޓީން ބޭނުންވާ ގޮތަށް
 
މިހާރު ފެންނަނީ އަނިޔާވެރިކަމުގެ ސަގާފަތް އިޔާދަވާ މަންޒަރު
 
ތިން ބާރު ވަކިކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވޭ، އެމަސައްކަތް ކުރީ އެމްޑީޕީން

ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް ކަމަށާއި، މިހާރު ވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެމަންޒަރު ފެންނަމުންދާ ކަމަށް ކުރީގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބިގޭ ވިދާޅުވީ، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ ގުޅުންހުރި ޕާޓީއެއްގެ ތެރެއިން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް މަސައްކަތް ކޮށްފައިވަނީ ބާރުތައް އެއްކުރަން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ދެ ވެރިކަމުގައި މަޖިލިސް ތެރެއިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތް ކުރީ ޖަވާބުދާރީ ކުރުވައި، އިދިކޮޅު ފަރާތްތަކަށް ވީހާވެސް ބޮޑަށް ފުރުސަތު ދިނުމަށް ކަމަށް ބިގޭ ވިދާޅުވިއެވެ.

ތިން ދައުރެއްގައި މަޖިލީހުގައި އުޅެފިން. އޮޕަޒިޝަންގައި ވެސް ހުރެއްޖެއިން. އަދި ވެރިކަމުގައި ވެސް ތިބެއްޖައިން. ކުރިއިރުގައި ތަޖުރިބާ ކުރެވިފައި ހުރީ ކުރިން ދެންނެވި ގޮތަށް ބާރުތައް އެއްވެފައި ހުރި ވެރިކަމެއްގެ ތެރެއިން އުފެދިފައި އޮތް ފިކުރެއްގެ ތެރެއިން ހަމަ އެބާރުތައް އެއްކުރަން މި އެމްޑީޕީ ފިޔަވައި އެކި ޕާޓީތަކުންގެ ނަމުގައި މިކުރި ވެރިކަމުގައި ބާރުތައް އެއްކުރަން އޮތް ގޮތަކަށް އެއްކުރަން މަސައްކަތް ކުރިތަން އަޅުގަނޑަށް މަޖިލިސް ތެރެއިން ވެސް ފެނިފައިވަނީ އެނގޭތޯ. މިހާރު ވެސް މިދަނީ އެމަސައްކަތް ކުރަމުން. އަޅުގަނޑުމެން މަޖިލީހަށް މެންބަރުން ހޮވާއިރު ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭނެ ބުނާ ބުނުމުގައި އެބަހުރި ވިސްނާލަން ޖެހޭ ކަމެއް އެނގޭތޯ. ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭނީ އިހްލާސްތެރި ވެރިކަމެއް އޮންނަންޏާ. އިހްލާސްތެރި ވެރިކަމެއް ކޮށްދޭނެ ބަޔަކު ތިބި ކަމަށްވަންޏާ.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ ރާއްޖޭގައި ތިން ބާރު ވަކިކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެމަސައްކަތް ކުރީ އެމްޑީޕީން ކަމަށެވެ. އެމަސައްކަތުން ރާއްޖޭގައި އޮތް އަނިޔާވެރި ސަގާފަތް ނައްތާލެވުނު ކަމަށް ބިގޭ ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ އެ ވިސްނުން ހުރި ބޭފުޅުން ނޫން ކަމަށާއި، މިފެންނަނީ އެއަނިޔާވެރިކަމުގެ ސަގާފަތް އިޔާދަވާ މަންޒަރު ކަމަށް ބިގޭ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ ބާރުތައް އެއްވެފައި ތިބި ނިޒާމެއްގެ ތެރެއިން އުފެދުނު ފިކުރެއްގެ ތެރެއިން އައި ބޭފުޅުންނަށް ވީތީ އެކަން ހުންނަނީ އަށަގެންފައި ގައިގައި. އެހެންވީމަ ހަމައެގޮތަށް ބާރުތައް އެއްކުރުމުގެ މަސައްކަތް ކުރަމުން އެދަނީ. މިހާރު ވެސް އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން ވަޒީރުންނާ ސުވާލު ކުރަން މިއޮންނަ ފުރުސަތު ވެސް އެބޭފުޅުންގެ ވިސްނުމުގައި އެބަހުރި ފުރަތަމަ ސުވާލު ކުރުމަށް ނުގެނެވޭ ގޮތް ހަދާފައި ލިޔުމުން ޖަވާބު ހޯދަން. އެއަށްފަހު ވަޒީރަކާ ބައްދަލުކުރަންޖެހޭ ބައްދަލުކުރަން. އެހެންވީމަ މިދަނީ ހައްތާވެސް ފިއްތަމުން ނޫނީ މިހާރު އޮތް ވެރިކަމުގެ ތެރޭގައި ބާރުތައް ކޮންޓްރޯލް ކުރަމުން ވާދަވެރިންނަށް ފުރުސަތު ހަނިކުރަމުން.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއެކު ކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ އިންސާފާއި ހަމަހަމަކަން ގާއިމްކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެމްޑީޕީގެ ސުޕަމެޖޯރިޓީ ގައި 19 ވަނަ ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔައިރު ވެސް ޕާލިމެންޓްރީ ގްރޫޕަށް އެއްވެސް ބޭފުޅެއްގެ ނުފޫޒެއް ނާންނަ ކަމަށާއި، މަސައްކަތް ކުރީ ރައްޔިތުންގެ ހައްގުގައި ކަމަށް ބިގޭ ވިދާޅުވިއެވެ. މިނިވަންކަމާއެކު ކޮންމެ މެންބަރަކު ވެސް ޕާލިމެންޓްރީ ގުރޫޕްގައި ވާހަކަދައްކަވާއިރު، ކަންކަން ނިންމަނީ މެޖޯރިޓީން ބޭނުންވާ ގޮތަށް ކަމަށް ބިގޭ ވިދާޅުވިއެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ، ސަރުކާރު ހިންގައި، ސަރުކާރަށް ކަންކަން ފަހިކުރުމަށްޓަކައި ސަރުކާރުން އެދޭ ކަންކަން ކުރުމުގައި ވެސް ޕާލިމެންޓްރީ ގުރޫޕްގައި މެންބަރުންނަށް އެއްބަސްވެވޭ ކަމަކަށްނުވާ ކަމަށްވާނަމަ އެއްބަސްވެވޭ މިންގަނޑެއްގެ ތެރެއިން ބަދަލުތައް ގެނެސްގެން ކަންކަން ނިންމާ ކަމަށް ބިގޭ ވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުގައި 20 ވަނަ މަޖިލީހުން މިހާރު ވެސް ފެންނަމުންދަނީ ހުދުމުހުތާރުކަން ކަމަށާއި، މަޖިލީހުގެ ޕާލިމެންޓްރީ ގުރޫޕުން މަސައްކަތް ކުރަނީ ބާރުތައް އެއްކުރަން ކަމަށެވެ. ސަރުކާރުން އެހައި ބޮޑަށް ނުފޫޒު ފޯރުވައި ކަންކަން ހަނި ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރު ސުޕަމެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް މާގިނަ ދުވަހެއް ވަންދެން މަޖިލިސް މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާ މަންޒަރު ފެނުމަކީ ދުރުގައި އޮތް ކަމެއް ކަމަށް ބިގޭ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
ފެންނަމުން ދަނީ މި ސަރުކާރަށް ވެސް އިންޑިއާގެ އެހީތެރިކަމާ ނުލައި ނޫޅެވޭ މަންޒަރު: ބިގޭ
ތަރައްގީ ހުއްޓިފަ، އެކަމަކު ޚަރަދުތައް އިންތިހާއަށް ބޮޑު
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެއް އަތުން އިންޑިއާ އާ ގުޅުން ބަދަހި ކުރަނީއެވެ. އަނެއް އަތުން ގުޅުމުން އުފަންވި ފައިދާތައް ވީދާ ކުދި ކުރަނީއެވެ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް