ކ. މާލެ
|
10 ޖޫން 2024 | ހޯމަ 23:08
މާޒިޔާ އާއި ގްރީން ކުޅުނު މެޗުގެ ތެރެއިން
މާޒިޔާ އާއި ގްރީން ކުޅުނު މެޗުގެ ތެރެއިން
އެފްއޭއެމް
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް
ގްރީން ކައިރިން މާޒިޔާ ސަލާމަތްކޮށްދިނީ މިލްހާން
 
މެޗުން ގްރީން މޮޅުވާން ދަނިކޮށް، މާޒިޔާ އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފައި

މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބު ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުން ގްރީން މޮޅުވާން ދަނިކޮށް، މާޒިޔާ އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ގްރީން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އާދަމް ސަމާހު އެވެ. އެއީ ގްރީން އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ސަމާހު ޖެހި ލަނޑެކެވެ. މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޢަބްދުﷲ ލޫތު އިބްރާހީމް އެވެ.

ދެ ވަނަ ހާފުގައި ގްރީން އިން ވަނީ ދެ ވަނަ ފަހަރަށް ލީޑު ނަަގައިފަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ ސައްޔާފް އާދަމް އެވެ. މެޗުން ގްރީން މޮޅުވާން ދަނިކޮށް، މާޒިޔާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް މާޒިޔާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަޙުމަދު މިލްހާން މުޙައްމަދު އެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ މީގެ ކުރިން 2019 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް