ކ. މާލެ
|
10 ޖޫން 2024 | ހޯމަ 11:59
ފްރާންސް އާއި ކެނެޑާ ކުޅުނު މެޗުގެ ތެރެއިން
ފްރާންސް އާއި ކެނެޑާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު
ކެނެޑާ އިން ފްރާންސް ހިފަހައްޓައިފި
ޔޫރޯގައި ފްރާންސް ހިމެނިފައި އޮތީ އޮސްޓްރިއާ، ނެދަލެންޑްސް އަދި ޕޮލެންޑާއެކު ގްރޫޕް ޑީގައި

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ފްރާންސް އާއި ކެނެޑާ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން، ފްރާންސް އިން ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އޭގެ ކުރިން ލަގްޒަމްބާގްއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް ވަނީ މޮޅުވެފަ އެވެ.

މެޗުގައި ފްރާންސް އިން ރަނގަޅަށް ކުޅުނުއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގައި ފްރާންސް އަށް ލީޑު ނަަގައިދޭން އެންޓޮއިން ގްރީޒްމަން އަށް ވަނީ ފުރުސަތު ލިބިފަ އެވެ. އޭގެ އިތުރުން އޮލީވިއޭ ޖިރޫޑް އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މެޗުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި އެމްބާޕޭ ކުޅެން ނިކުމެފައި ވަނީ، އޮސްމާން ޑެމްބެލޭގެ ބަދަލުގަ އެވެ. އެމްބާޕޭގެ އިތުރުން ފްރާންސްގެ މުހިންމު އެހެން ކުޅުންތެރިން ވެސް ވަނީ މި މެޗުގައި ކުޅެފަ އެވެ.

ޔޫރޯގައި ފްރާންސް ހިމެނިފައި އޮތީ އޮސްޓްރިއާ، ނެދަލެންޑްސް އަދި ޕޮލެންޑާއެކު ގްރޫޕް ޑީގަ އެވެ. މުބާރާތުގައި ފްރާންސްގެ ފުރަތަމަ މެޗުގައި ނިކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް