ކ. މާލެ
|
10 ޖޫން 2024 | ހޯމަ 11:55
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާރސް
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު
އިޓަލީން ބޮސްނިއާ ބަލިކޮށްފި
އެންމެ ފަހުން އިންގްލެންޑުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި އިޓަލީ، މިއަހަރުގެ މުބާާރާތުގައި އޮތީ ވަރުގަދަ ގްރޫޕެއްގައި

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ބޮސްނިއާ އެންޑް ހަޒަގޮވާނިއާއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި މޮޅާއެކު، އިޓަލީން ޔޫރޯ ފުޓުބޯޅަ މުބާރާތައް ތައްޔާރުވެއްޖެ އެވެ.

މިމަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން އިޓަލީން ވަނީ ތުރުކީއާ ދެކޮޅަށް ވެސް މެޗެއް ކުޅެފަ އެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އާދިއްތަ ދުވަހުގެ ރޭ ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ 1-0 އިންނެވެ.

މެޗުގައި އިޓަލީން ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑޭވިޑް ފަރަޓެސީ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފެޑެރިކޯ ޗިއެސާ އެވެ. މެޗުގައި އިޓަލީން ވަނީ އިތުރު ލަނޑު ޖެހުމުގެ ފުރުސަތު ވެސް ތަނަވަސްކޮށްފަ އެވެ. މެޗުގައި އިޓަލީ އަށް ލީޑު ފުޅާ ކޮށްދޭން އެ ޓީމުގެ ޖިއަންލުކާ ސްކަމާކާ އަށް ވެސް ވަނީ ފުރުސަތު ލިބިފަ އެވެ.

އެންމެ ފަހުން އިންގްލެންޑުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި އިޓަލީ، މިއަހަރުގެ މުބާާރާތުގައި އޮތީ ވަރުގަދަ ގްރޫޕެއްގަ އެވެ. ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިން، ކްރޮއޭޝިއާ އަދި އަލްބޭނިއާ އާއެކު އިޓަލީ އޮތީ ގްރޫޕް ބީގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް