ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 17:47
ހައްޖުގެ އަޅުކަން މި އަހަރު ފެށޭނީ ޖޫން މަހުގެ 14 ގައި
ހައްޖުގެ އަޅުކަން މި އަހަރު ފެށޭނީ ޖޫން މަހުގެ 14 ގައި
ރޮއިޓާސް
ޙައްޖު 1445
ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 3 ލައްކަ އަށް ވުރެ ގިނަ މީހުން ހުއްޓުވައިފި
 
ހުއްޓުވި މީހުންގެ ތެރެއިން 1 ލައްކަ އަށްވުރެ ގިނަ މީހުންނަކީ ހައްޖު ވިސާ ނެތި ޓޫރިސްޓް ވިސާގައި ހައްޖުވާން އައި މީހުން

ގަވައިދާ ޚިލާފަށް ހައްޖުގެ އަޅުކަން ކުރުމަށް މައްކާ އަށް އެތެރެވާން އުޅުން 3 ލައްކަ އަށް ވުރެ ގިނަ މީހުން މިހާތަނަށް ހުއްޓުވައިފި ކަމަށް ސައުދީގެ އޮފިޝަލުން ހާމަ ކޮށްފިއެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނެފައިވަނީ، ހުއްޓުވި މީހުންގެ ތެރެއިން 153،998 މީހުންނަކީ ހައްޖު ވިސާ ނެތި ޓޫރިސްޓް ވިސާގައި ހައްޖުވާން އައި މީހުން ކަމަށެވެ.

އެސްޕީއޭ އިން ހާމަ ކޮށްފައިވާ ގޮތުގައި، ބާކީ ތިބި މިހުންނަކީ ސައުދީގައި ދިރިއުޅޭ އެހެން ނަމަވެސް މައްކާގައި ވަޒަންވެރި ނޫން އަދި ހައްޖު ޕާމިޓް ނެތި މައްކާ އަށް ހައްޖުވާން އެތެރެވާން އުޅުނު މީހުން ކަމަށެވެ.

އުމުރުން އެއް ފަހަރު ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ހައްޖުގެ އަޅުކަން މި އަހަރު ފެށޭނީ ޖޫން މަހުގެ 14 ގައެވެ.

ހައްޖުގެ އަޅުކަން އަދާ ކުރަން ދިއުމަށް ހެދިފައިވާ ގަވައިދުތަކުގެ ތެރެއިން ހައްޖަށް ދިއުމަށް ބޮޑެތި ދަތިތައް ހުރުމާއި އަދި ރަސްމީ އުސޫލުގެ ތެރެއިން ހައްޖުވުމަށް ކުރަން ޖެހޭ ބޮޑު ޚަރަދުގެ ސަބަބުން އެހެން ގޮތް ގޮތުން ހައްޖުގެ ކަންކަން ފުރިހަމަ ވޭތޯ ގިނަ ބަޔަކު އުޅެމުންދާކަން ސައުދީ އަރަބިއްޔާގެ އޮފިޝަލުން ވަނީ އެތައް ފަހަރެއްގެ މަތިން ހާމަކޮށްފައެވެ. ސައުދީ އޮފިޝަލުން ބުނެފައިވަނީ ހަމަ ޖެހިފައިވާ ގަވައިދުގެ ބޭރުން ހައްޖުގެ ކަންކަން ގެންދަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ގާތްގަނޑަކަށް 4 ވަރަކަށް ދުވަހުން ފުރިހަމަ ކުރެވޭ ހައްޖުގެ އަޅުކަން އަދާ ކުރުމަށް މި ދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 1.3 މިލިއަން މީހުން ސައުދީއަށް އައިސްފައިވާ ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
100%
0%
0%
0%
0%
0%
ކޮމެންޓް