ކ. މާލެ
|
10 ޖޫން 2024 | ހޯމަ 08:04
ޗެލްސީ އަށް ކުޅެމުން އަންނަ އެންކުންކޫ
ޗެލްސީ އަށް ކުޅެމުން އަންނަ އެންކުންކޫ
ރޮއިޓާސް
ޗެލްސީ
އެންކުންކޫ ދޫކޮށްލުމުގެ ވިސްނުމެއް ޗެލްސީގެ ނެތް!
އާރްބީ ލައިޕްޒިގް ގައި ހުރުމަށްފަހު އޭނާ ޗެލްސީ އަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކްރިސްޓޮފާ އެންކުންކޫ ދޫކޮށްލުމުގެ ވިސްނުމެއް އެ ކުލަބުން ނުގެން ގުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އާރްބީ ލައިޕްޒިގް ގައި ހުރުމަށްފަހު އޭނާ ޗެލްސީ އަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޗެލްސީ އަށް ބަދަލުވެ، އެ ކުލަބުގައި އެންކުންކޫ އަށް ވަނީ އަނިޔާގެ މައްސަލައާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ސަބަބުން ޗެލްސީގެ ބައެއް މެޗުތައް އޭނާ އަށް ވަނީ ގެއްލިފަ އެވެ. ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެންކުންކޫ ހޯދުމަށް ކުލަބުތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ޗެލްސީން އޭނާ ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޗެލްސީގައި އެންކުންކޫގެ ފުރަތަމަ ސީޒަންގައި އޭނާ އަށް ބަދު ނަސީބާ ކުރިމަތިލާން ޖެހުނު ނަމަވެސް، އޭނާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އެ ކުލަބުން ނުގެންގުޅެ އެވެ. އޭގެ ބަދަލުގައި ޗެލްސީން ކުރިއަށް އޮތް އައު ސީޒަނަށް ތައްޔާރުވާނީ އެންކުންކޫ އާއެކު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޗެލްސީގެ ޕްރޮޖެކްޓުގައި އެންކުންކޫ ހިމެނޭ ކަމުގައި ވެސް ރިޕޯޓުތައް ބުނެ އެވެ.

އެންކުންކޫން ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 14 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ކަރަބޯ ކަޕްގެ ފައިނަލެއްގައި ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް