ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 16:05
އިނގިރޭސީ ވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު، މަޖިލީހުގެ ރައީސްގެ އަރިހަށް ކުރި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން
އިނގިރޭސީ ވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު، މަޖިލީހުގެ ރައީސްގެ އަރިހަށް ކުރި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އިނގިރޭސި ސަފީރު މަޖިލީހަށް ކުރި ޒިޔާރަތް
އިނގިރޭސި ޕާލިމެންޓާއި ރާއްޖޭގެ ޕާލިމެންޓާއި ގުޅިގެން މަސައްކަތް ކުރުމާއި މެދު މަޝްވަރާކޮށްފި
 
ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާއި މެދު މަޝްވަރާކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި
 
އެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރުމާއިމެދުގަ ވެސް މަޝްވަރާކޮށްފައިވޭ

އިނގިރޭސި ވިލާތުގެ ޕާލިމެންޓާއި ރާއްޖޭގެ ޕާލިމެންޓާއި ގުޅިގެން މަސައްކަތް ކުރުމާއި މެދު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައި ވަނީ ރާއްޖެއަށް އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ހަސަން ޒިޔާއު ރާއްޖެ އެމްވީ އަށް ވިދާޅުވީ އެ ބައްދަލުވުމުގައި އިނގިރޭސި ސަފީރު ވަނީ މަޖިލީހުގެ ރައީސް އަށް ތައާރަފްވެވަޑައިގަންނަވާފައި ކަމަށެވެ.

އަދި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާއި މެދު މަޝްވަރާކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ މަޖިލީހާއި ރާއްޖޭގެ މަޖިލީހާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމާއި މެދު މަޝްވަރާކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރުމާއިމެދުގަ ވެސް މަޝްވަރާކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ދެ ގައުމުގެ ޕާލިމެންޓް ގުޅިގެން މަސައްކަތްތައް ކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު 241 ކޮމެޓީއަށް
ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި
ފެނިގެން މިދަނީ ސުޕަރމެޖޯރިޓީ ދިނީމަ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަން - މެންބަރު ދީދީ