ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 13:14
ސިވިލް ސަރވިސް ކޮންފަރެނެންސްގައި ސީއެސްސީގެ މެމްބަރު ހަބީބާ ވާހަކަދައްކަވަނީ
ސިވިލް ސަރވިސް ކޮންފަރެނެންސްގައި ސީއެސްސީގެ މެމްބަރު ހަބީބާ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ސިވިލް ސަރވިސް ކޮންފަރެންސް
އެންމެ ބޮޑު އަމާޒަކީ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރާ ސިވިލް ސަރވިސް އެއް އުފެއްދުން - ސީއެސްސީގެ މެމްބަރ ފާތުމަތު ހަބީބާ
އުންމީދަކީ އެ ކޮންފަރެންސްގެ ސަބަބުން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް މަގުފަހިވުން ކަމަށް ހަބީބާ ވިދާޅުވި
ސިވިލް ސަރވިސްގެ ޚިދުމަތްތައް ޑިޖިޓަލް ކުރެވިފައިވާ ދިރާސާތަކަށް އެ ކޮންފަރެންސްގައި އަލިއަޅުވާލާނެ
"ސްމާޓް ގަވަނަންސް ފޯ ސިވިލް ސަރވިސް އެކްސެލެންސް" މި ޝިއާރުގެ ދަށުން 3 ކަރުދާސް ކޮންފަރެންސްގައި ހުށަހަޅާނެ

އެންމެ ބޮޑު އަމާޒަކީ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރާ ސިވިލް ސަރވިސް އެއް އުފެއްދުން ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރ ފާތުމަތު ހަބީބާ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހު ހެނދުނު ބޭއްވި 4 ވަނަ ސިވިލް ސަރވިސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ކޮންފަރެންސްގެ ބޭނުމަކީ ކޮންފަރެންސް އިން ލިބޭ މައުލޫމާތުގެ އަލީގައި އޮފީސްތަކުގެ ހިންގުން ބަދަލުކޮށްލުން ކަމަށް ހަބީބާ ވަނީ ވިދާޅުވެފައެވެ. އެ ކޮންފަރެންސްގެ ތަފްސީލްތައް ހަބީބާގެ ވާހަކައިގައި ތަފްސީލްކޮށްދެއްވިއެވެ. އެގޮތުން "ސްމާޓް ގަވަނަންސް ފޯ ސިވިލް ސަރވިސް އެކްސެލެންސް" މި ޝިއާރުގެ ދަށުން ގުޅުން ހުރި 3 ކަރުދާސް ސިވިލް ސަރވިސް ކޮންފަރެންސްގައި އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސްގެ ޚިދުމަތްތައް ޑިޖިޓަލް ކުރެވިފައިވާ ދިރާސާތަކަށް އެ ކޮންފަރެންސްގައި އަލިއަޅުވާލާނެ ކަމަށް ހަބީބާ ވިދާޅުވިއެވެ. އުންމީދަކީ އެ ކޮންފަރެންސްގެ ސަބަބުން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް މަގުފަހިވުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަކީ ހަރުދަނާ، ދެފުށް ފެންނަ ޚިދުމަތްތަކަކަށް ހެދުމަކީ ވެސް އެ ކޮންފަރެންސްގެ ބޭނުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސިވިލް ސަރވިސް އަކީ ގިނަ އިދާރާތަކެއް ހިމެނޭހެން ސިވިލް ސަރވެންޓުންނާއި ގުޅުން ހުރި ކަންކަމާއި މެދު ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސްކަން ފާހަގަކުރައްވާ ހަބީބާ ވިދާޅުވީ އެ ކޮންފަރެންސް ފަރުމާކޮށްފައި ވަނީ ޖުމްލަކޮށް ސަރުކާރުގެ ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގާ ތަންތަނުގެ އިތުރުން ކައުންސިލްތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެ ކޮންފަރެންސް މިހާރު ބާއްވަމުން ދަނީ ޒަމާނީ ފެންވަރަށް ފެތޭ ގޮތަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މީގެ 10 ވަރަކަށް އަހަރު ކުރިން ސިވިލް ސަރވެންޓުންނާއި ގުޅުން ހުރި މަސައްކަތްތައް ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުން އައި ކަމަށެވެ. ނަމަވެސް މިހާރު ސިވިލް ސަރވިސް ކޮންފަރެންސްގައި ބައިނަލްއަޤުވާމީ ފެންވަރުގެ ކީނޯޓް ސްޕީކަރުން ތަޤްރީރު ކުރައްވާ ކަމަށާއި އެއީ ސިވިލް ސަރވިސް ކޮމިޝަނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސް ކޮންފަރެންސްގެ އަލީގައި އެކުލަވާލާ ދިރާސާތައް ދިވެހި ބަހުން އެކުލަވާލުމަކީ ލިބޭ ކުރިއެރުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

މި ކޮންފަރެންސްގެ ސަބް ތީމް ތަކުގެތެރޭގައި ޒަމާނީ ޓެކްނޮލޮޖީ އާއި އެއްގޮތަށް ޚިދުމަތުގެ މަރުހަލާތައް ފުރިހަމަކުރުމާއި، ޒިންމާދާރު އަދި ޖަވާބުދާރީ ވެވޭ ސިވިލް ސަރވިސް އެއް ޤާއިމްކުރުން ހިމެނެއެވެ. އަދި ހަރުދަނާ އުސޫލުތަކާއި އަޚުލާގީ މިންގަނޑުތަކަށް މަސައްކަތުހެ ސަޤާފަތްތަކަށް ވެސް އެ ކޮންފަރެންސްގައި ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް