ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 22:06
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ
އެމްއެސްއެން
ކޮލަމްބިއާ އިން އިޒްރޭލާއެކު ކުރަމުންދާ ވިޔަފާރި
ކޮލަމްބިއާ އިން އިޒްރޭލަށް ބޯޓުދެލި ވިއްކުން ހުއްޓާލަން އެ ގައުމުގެ ރައީސް ނިންމަވައިފި
ކޮލަމްބިއާ އިން ބޯޓުދެލީގެ ވިޔަފާރި އިޒްރޭލާ އެކު ނުކުރަން ނިންމެވީ ގާޒާ ސްޓްރިޕްގައި އިޒްރޭލުން ހިންގާ ގަތުލުއާއްމު ކުރިއަށް ގެންދާތީ

ކޮލަމްބިއާ އިން އިޒްރޭލާ އެކު ކުރަމުން ދިޔަ ބޯޓުދެލީގެ ވިޔަފާރި ހުއްޓާލަން އެ ގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ނިންމަވައިފިއެވެ.

ކޮލަމްބިއާގެ ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮލަމްބިއާ އިން ބޯޓުދެލީގެ ވިޔަފާރި އިޒްރޭލާ އެކު ނުކުރަން ނިންމެވީ ގާޒާ ސްޓްރިޕްގައި އިޒްރޭލުން ހިންގާ ގަތުލުއާއްމު ކުރިއަށް ގެންދާތީ ކަމަށެވެ.

ކޮލަމްބިއާގެ ރައީސަކީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލު ތަކާ ދެކޮޅަށް ފާޅުގައި ނުރުހުން ފާޅު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ހުސްވި މެއި މަހު އިޒްރޭލް ސިފައިން ގާޒާ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް "ގަތުލުއާއްމު" އެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

އިޒްރޭލް ސިފައިންގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން ކޮލަމްބިއާ އިން ވަނީ އިޒްރޭލާ އެކު އޮންނަ ގުޅުންވެސް ކަނޑާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް