Advertisement
ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 19:22
އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަންގެ ތެރެއިން
އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަންގެ ތެރެއިން
ވިލާ ކޮލެޖް
އައިސީއެސްއާރުއައި ކޮންފަރެންސް
ވިލާ ކޮލެޖުގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި
އިނޮވޭޝަންސް ފޯ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑްގެ ދަށުން 53 ޕޭޕަރެއް މި ކޮންފަރެންސްގައި ހުށަހަޅާނެ
ބޭނުމަކީ ދިރާސާކުރާ ފަރާތްތަކާއި، ދަރިވަރުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެމީހުންގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެކި ކަންކަމާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުން

ވިލާ ކޮލެޖްގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފިއެވެ.

އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) އަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސަރޗް އެންޑް އިނޮވޭޝަން (އައިއާރްއައި) އިން ކުރިއަށް ގެންދާ ރިސަރޗް ކޮންފަރެންސެކެވެ. މިގޮތުން 2024 ވަނަ އަހަރު ބާއްވާ 8 ވަނަ އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން ހޮނިހިރު ދުވަހު ވަނީ ފަށާފައެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދާނީ މި ޖޫން މަހުގެ 8 އަދި 9 ވަނަ ދުވަހުއެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ބޭނުމަކީ ދިރާސާކުރާ ފަރާތްތަކާއި، ދަރިވަރުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެމީހުންގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެކި ކަންކަމާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެ ޕްލެޓްފޯމެއް ފަހިކޮށްދިނުމެވެ. މިއަހަރުގެ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގައި ހުންނަވާ ޔޫއެން ރެޒިޑެންޑް ކޯޑިނޭޓަރ ބްރޭޑްލީ ޖ. ބުސެޓޯ އެވެ.

މި ކޮންފަރަންސް ހުޅުވުމުގެ ރަސްމީޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ - ރިސާރޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދް އާދިލް، ގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މިފަދަ ކޮންފަރެންސްއެއްގެ މަޤްޞަދަކީ ދިރާސާކުރާ ފަރާތްތަކާއި، ލެކްޗަރާއިންނާއި، ދަރިވަރުންނާއި، ސިނާޢަތުގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ނެޓްވަރކެއް ގާއިމުކުރުމެވެ. މީގެ ސަބަބުން އައު މިސްރާބުތަކާ ބެހޭގޮތުން ހަރުދަނާ މަޝްވަރާތަކާއި، އިޖްތިމާޢީ ޢިލްމާއި، ތަރައްޤީގެ ދާއިރާތަކުގައި އާ އުސޫލުތައް އުފެއްދުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ކޮންމެ އަހަރަކުވެސް ވިލާ ކޮލެޖުގެ އައިއާރްއައި ކޮންފަރެންސް ބިނާވެފައިވަނީ ތީމެއްގެ މައްޗަށެވެ. އަބަދުވެސް އޮތީ ތަރައްޤީގެ ފޯކަސްއެއްގައެވެ. މިއަހަރުގެ ތީމްއަކީ "އިނޮވޭޝަންސް ފޯ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" އެވެ. މިއަހަރުގެ ތީމް އިނޮވޭޝަންސް ފޯ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑްގެ ދަށުން 53 ޕޭޕަރެއް މި ކޮންފަރެންސްގައި ހުށަހަޅާނެއެވެ. މި ޕޭޕަރުތައް ހުށަހަޅާނީ 8 ދާއިރާއަކަށް ބަހާލައިގެންނެވެ.

Advertisement

އެއީ ޕޮލިސީ، ލޯ އެންޑް ގަވަނަންސް، އެންޓްރަޕްރެނާޝިޕް، ފައިނޭންސް އެންޑް އިންޑަސްޓްރީ، އެންވަޔަރަމަންޓް، ސަސްޓެއިނެބިލިޓީ އެންޑް ޑިވެލޮޕްމަންޓް، ހިޔުމަން ރައިޓްސް، ޖެންޑަރ އެންޑް ސޮސައިޓީ، އެޑިޔުކޭޝަން، ލެންގުއޭޖް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ހެލްތު، ނަރސިން އެންޑް ސޯޝަލް ވޯކް، ސައިކޮލޮޖީ، ލައިފްސްޓައިލް އެންޑް ވެލް ބީންގ އަދި އިންޖިނިއަރިން، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން އެވެ. ހުޅުވުމުގެ ރަސްމީޔާތުގެ ވާހަކަ ދެއްކުމަށްފަހު ކޮންފަރެންސް ޗެއަރ އަދި ޑެޕިއުޓީ ވައިސް ރެކްޓަރ - ރިސާރޗް އެންޑް އިނޮވޭޝަން އޮފް ވިލާ ކޮލެޖް، ޑރ.މުޙައްމަދު އަދީލް އައިސީއެސްއާރުއައިގެ "ރިސަރޗް މެތޮޑްސް" ފޮތް ލޯންޗުކޮށްދެއްވިއެވެ.

ކޮންފަރެންސްގެ ބައިވެރިންނަން މަރުހަބާ ދެންނެވުމުގެ ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަހްމަދު އަންވަރު ފާހަގަ ކުރެއްވީ، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން އަކީ ވިލާ ކޮލެޖުގެ ކަލަންޑަރުގައި ބާއްވާ މުހިންމު އެއް އިވެންޓު ކަމަށާއި، މިއީ މިހާރު ދިވެހި ރާއްޖޭގެ އެކަޑަމިކް ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، ދިރާސާވެރިންގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ ވަރަށް ފާހަގަކޮށްލެވޭ އިވެންޓެކެވެ.

އަދި މިއަހަރުގެ ތީމް،"އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ކުރިއަރަމުންދާ ސައިންސާއި ޓެކްނޮލޮޖީ، މުޖުތަމަޢު، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ނިޒާމް އަށް އަންނަ ބަދަލު ދެނެގަނެ ކުރިމަތިލާން ޖެހޭ ގޮތްތައް ހޯދައި ދަސްކުރުމަށް އެހީތެރިވެދޭނެއެވެ.

ކޮންފަރެންސަށް ހުށަހެޅި 53 ޕޭޕަރެއްގެ އިތުރުން "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" މި ތީމާ ގުޅޭ 5 ޕެނަލް ޑިސްކަޝަންގެ އަދި 4 ބޭފުޅަކު، ކީ ނޯޓް ސްޕީޗް ވެސް ދެއްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް