Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 15:09
ވިލާ ކޮލެޖުގެ އައު ސެމިސްޓަރ އޮރިއެންޓޭޝަން
ވިލާ ކޮލެޖުގެ އައު ސެމިސްޓަރ އޮރިއެންޓޭޝަން
ވިލާ ކޮލެޖް
ވިލާ ކޮލެޖު
ވިލާ ކޮލެޖުގެ އައު ސެމިސްޓަރގެ އޮރިއެންޓޭޝަން ފަށައިފި
ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި 77 ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައި
ތަޢުލީމު އުނގެނުމުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމަށް އަލި އަޅުއަޅުއްވާލާފައިވޭ

ވިލާ ކޮލެޖުގެ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު އިންޓޭކުގެ ކިޔެވުން ފެށުމުގެ ގޮތުން ވިލާ ކޮލެޖުގައި އޮރިއެންޓޭޝަން ހަފްތާ ފަށައިފިއެވެ.

މި އޮރިއެންޓޭޝަން ހަފްތާ 09 ސެޕްޓެމްބަރު 2024 އިން ފެށިގެން 12 ސެޕްޓެމްބަރު 2024 އަށް ކުރިއަށްގެންދާއިރު، މި ސެޝަންތަކުގެ އެހީގައި ވިލާ ކޮލެޖަށް އަލަށް ވަންނަ ދަރިވަރުންނަށް ތަޢުލީމީ އެކި އުކުޅުތަކާއި، ވިލާ ކޮލެޖުގައި ދަރިވަރުންނަށް ފޯރުކޮށްދޭ ވަސީލަތްތަކުގެ މަޢުލޫމާތާއި، ކޮލެޖުގެ އެކި އިޖުރާއަތްތަކާއި އަދި ކެމްޕަސްގައި ހުރި އެކިއެކި ވަސީލަތްތަކަށް އަހުލުވެރިކުރެވިގެންދާނެއެވެ.

މި ސެޝަން ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އަދި ވިލާ ކޮލެޖުގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކުގައި ކިޔަވަން ފެށި ދަރިވަރުންނަށް ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ވަނީ އޮރިއެންޓޭޝަން ސެޝަންގައި ދަރިވަރުންނަށް އުނގެނުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ތަޢުލީމު އުނގެނުމުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމަށް އަލި އަޅުއަޅުއްވާލާފައިވެއެވެ.

Advertisement

 އޮރިއެންޓޭޝަންގެ ފުރަތަމަ ސެޝަން ނިންމާލުމަށްފަހު، ދަރިވަރުންނަށް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އެ ހަރަކާތްތަކުގައި އެހެން ދަރިވަރުންނާއި ބައްދަލްވުމުގެ ފުރުސަތު ލިބި، ވިލާ ކޮލެޖުގެ ބައެއް ވަސީލަތްތައް ފެނުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި 77 ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް