ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 14:14
އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމްވި ނޫސްވެރިއެއް -- ފޮޓޯ: އަނަޑޯލު
އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމްވި ނޫސްވެރިއެއް -- ފޮޓޯ: އަނަޑޯލު
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާ ގައި މަރުވެފައިވާ މީހުންގެ ހަށިތައް މަގުމަތީގައި، ޒަޚަމްވާ އެންމެނަށް އެހީތެރިކަމެއް ނުދެވޭ: ސިއްހީ އޮފިޝަލުން
ހަމަލާތަކުގައި ފާއިތުވި 24 ގަޑިީއިރު ތެރޭ ފަލަސްތީނުގެ 77 މީހުން މަރުވެ 221 މީހުން ޒަޚަމްވެފައިވޭ

އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގޭނެ ގޮތެއް ނެތި ރަފަހް ގެ މަގުމަތީގައި އެބަހުރި ކަމަށާއި ޒަޚަމްވެފައިވާ އެންމެންނާ ހަމަ އަށް އެހީތެރިންނަށް ވާސިލް ނުވެވޭ ކަމަށް ކުވޭތީ ސްޕެޝަލައިޒްޑް ހޮސްޕިޓަލްގެ ޑިރެކްޓަރ އާ ހަވާލާދީ އަލްޖަރީޒާ އިން ބުނެފިއެވެ.

ގާޒާގެ ހެލްތް މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 77 މީހުން މަރުވެ 221 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލަށާއި ހަމާސް އަށް ހުށަހެޅުމަށް އެމެރިކާއިން ހާމަކުރި ސުލްހައިގެ އެއްބަސްވުމުގެ ވާހަކަ ތަކާއެކު އިޒްރޭލުން ރަފަހްގެ އެކި ސަރަހައްދު ތަކަށް ދޭ ހަމަލާތައް ދިޔައީ އިތުރު ވެގެން ކަން ފާހަގަ ކުރެވެއެވެ. އިޒްރޭލުން މި ފަހަކަށް އައިސް ގިނައިން ހަމަލާދީފައިވަނީ ގެދޮރު ގެއްލިފައިވާ ފަލަސްތީން ރައްޔިތުން ދިރިއުޅޭ ބައިބޯ ރެފިއުޖީ ކޭމްޕްތަކަށެވެ.

ސުލްހައިގެ ވާހަކަ ތަކުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރާ ގަތަރާއި މިސްރުން އެންމެ ފަހުން ބުނި ގޮތުގައި، ހަމާސް އިން ސުލްހައިގެ ހުށަހެޅުމާ މެދު ދެކޭ ގޮތް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އެ ދެ ގައުމުން އުއްމީދު ކޮށްގެން ތިބި ކަމަށެވެ.

ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ފަލަސްތީނުން 36،731 މީހުން މަރުވެފައިވެއެވެ. 83،530 މީހުން ޒަޚަމް ވެފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ހަމާސްގެ ހަމަލާތަކުން އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް