ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 06:00
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ނާގަލްސްމަން އަދި ގޯލު ކީޕަރު ނޯޔާ
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ނާގަލްސްމަން އަދި ގޯލު ކީޕަރު ނޯޔާ
ރޮއިޓާރސް
ޖަރުމަނު ޤައުމީ ޓީމު
އެއް ނަންބަރު ކީޕަރަކީ ނޯޔާ: ނާގަލްސްމަން
ނޯޔާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ބަޔާން އަދި ޖަރުމަނު ޤައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ ތަޖުރިބާކާރު ކީޕަރެއް

ޖަރުމަނު ޤައުމީ ފުޓުބޯޅަ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރަކީ މެނުއަލް ނޯޔާ ކަމަށް، އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

މިމަހު އަމިއްލަ ޤައުމުގައި ފަށާ ޔޫރޯ އަށް ޖަރުމަނުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު، މިހާރު ވަނީ ފައިނަލް ސްކޮޑު ވެސް އިއުލާން ކޮށްފަ އެވެ. ޖަރުމަނުގެ ސްކޮޑުގައި ތިން ކީޕަރުން ތިބިއިރު، އެއީ ނޯޔާގެ އިތުރުން، ބާސެލޯނާގެ މާކް އަންދްރޭ ޓަ ސްޓެގަން އަދި ހޮފެންހައިމްގެ އޮލިވާ ބައުމަން އެވެ.

ނޯޔާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން، މިދިޔަ ސީޒަންގައި އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. ދިހަ މަސް ދުވަަސް ވަންދެން އަނިޔާގައި ހުރުމަށްފަހު، މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނޯޔާ ވަނީ ބަޔާން އާއެކު ކުޅުމުގެ ތެރެއަށް އައިސްފަ އެވެ. ނޯޔާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ބަޔާން އަދި ޖަރުމަނު ޤައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ ތަޖުރިބާކާރު ކީޕަރެކެވެ.

ޔޫރޯ އަށް ޖަރުމަނުގެ ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، ގޯލު ކީޕަރުގެ ރޯލާ ގުޅޭ ގޮތުން އެއްވެސް ވާހަކަ ދެއްކުމުގެ ޝައުޤުވެރިކަން އޭނާގެ ނެތް ކަމަށެވެ. ނާގަލްސްމަން ބުނީ، ޖަރުމަނުން ފުރަތަމަ 11 ގައި ބޭނުން ކުރާނެ ކީޕަރަކީ ނޯޔާ ކަމަށެވެ. ނާގަލްސްމަން ބުނީ، އޭނާގެ ނިންމުމާ ދެކޮޅަށް ކޮންމެ މީހަކު ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ.

އުމުރުން 38 އަހަރުގެ ނޯޔާ، ޖަރުމަނު ޤައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ 119 މެޗެއްގައި ޖަރުމަނުގެ ގޯލު ބަލަހައްޓައިފަ އެވެ. ޖަރުމަނާއެކު އޭނާ ވަނީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ކުރިން 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ވެސް ހޯދި އެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ވެސް ނޯޔާ އެވެ.

- ކޮމެންޓް