ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 16:07
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކެއް
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކެއް
ރާއްޖެއެމްވީ
ކެޓް ޝެލްޓަރގެ މަސައްކަތް
މާލެސިޓީގެ މަގުތަކުގައި އުޅޭ ބުޅާތައް އަންނަ މަހު ޝެލްޓަރ އަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ: މޭޔަރު އާޒިމް
މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި، ކްލިނިކެއް ގާއިމްކުރާނެ
އެންމެ ފުރަތަމަ ބަދަލުކުރާނީ ސަލްމާން މިސްކިތް ސަރަހައްދުގައި އުޅޭ ބުޅާތައް
ބުޅާތައް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ ފޭސް ތަކަކަށް ބަހާލައިގެން

މާލެސިޓީގެ މަގުތަކުގައި އުޅޭ ބުޅާތައް އަންނަ މަހު ޝެލްޓަރއަށް ބަދަލުކުރަން ފަށާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މޭޔަރު އާޒިމް ވިދާޅުވީ މަގުތަކުގައި އުޅޭ ބުޅާތައް ގިނަވެ އެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާ ކަމަށެވެ.

ކެޓް ޝެލްޓަރ އިމާރާތް ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މޭޔަރު އާޒިމް ވިދާޅުވީ ކެޓް ޝެލްޓަރ އިމާރާތުގެ ހުއްދަ އަންގާރަ ދުވަހު އެޗްޑީސީން ދީފައިވާ ކަމަށެވެ. މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، އުންމީދުކުރަނީ ޖުލައި މަހުގެ ތެރޭގައި މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ ބުޅާތައް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ ފޭސް ތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރާނީ ސަލްމާން މިސްކިތް ސަރަހައްދުގައި އުޅޭ ބުޅާތައް ކަމަށާއި، އެއަށްފަހު މޭރީބްރައުން ސަރަހައްދުގައި އުޅޭ ބުޅާތައް ބަދަލުކުރާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެން ދެފޭސްއަކަށް. އެއް ފޭސްއަކީ އަޅުގަނޑުމެން ހަމަ މިސާލަކަށް ސަލްމާން މިސްކިތް ކައިރީއުޅޭ ބުޅާތައް މިސްކިތަށް ވެސް އެބަ އަރާ. މިސްކިތްތައް ވެސް ހަޑިކުރޭ. އެހެންވީމަ އެތަނުގައި އުޅޭ ބުޅާތައް ފުރަތަމަ ގެންދަން އަޅުގަނޑާ މިނިސްޓަރާ ގެންދަން އެއްބަސްވެފައި އޮންނާނީ. ދެން އެއަށްފަހު މޭރީބްރައުން ކައިރީގައި އުޅޭ ބުޅާތައް ގެންދާނެ. ފެން ފެސިލިޓީ އަޅުގަނޑަށް ގަބޫލުކުރެވެނީ 45 ދުވަސް ނުވަތަ 60 ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރަނީ. އެހުއްދަ ލިބުމާއެކު. އެކިއުޕްމަންޓްސް ގަންނަން މިހާރު އަޅުގަނޑުމެން އޯޑަރ ކޮށްފިން. އަދި ހަމައެއާއެކު އެތަނަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އެކުރަންޖެހޭ. މިއިން ކޮންމެ ކަމަކީ ވަގުތު ހިނގާ ބޮޑެތި ހަރަދު ހިނގާ ޓެކްނިކަލް މަސައްކަތްތަކެއް ހިނގާ. އެންމެނަށް ފައިދާވާނެ. މަސައްކަތް އަވަސްކޮށް ކުރިއަށް ގެންދާނެ. މާލެސިޓީއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ގާއިމުކުރާ ފެސިލިޓީއެކެވެ.

މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެއެވެ. އަދި މި ފެސިލިޓީ ގާއިމުކުރުމުން މާލެ ސަރަހައްދުގައި ބުޅާތައް ގިނަވެފައި ވުމުން ކުރިމަތިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް