ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 14:03
ސިވިލް ސަރވިސް ކޮންފަރެންސް އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިވިލް ސަރވިސް ކޮންފަރެންސް އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސަރވިސް ކޮންފަރެންސް
ސިވިލް ސަރވިސް ކޮންފަރެންސަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް މި އަހަރުގެ ޖޫން 9ން 10ށް ދަރުބާރުގޭގައި ކުރިއަށްދާނެ

"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކޮށްފިއެވެ.

ކުރިއަށް އޮތް ސިވިލް ސަރވިސް ކޮންފަރެންސްގެ އެކިއެކި ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާއެކު، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއާއި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަންއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސްއާއި ޕަބްލިކް ސަރވިސް މީޑިއާއާއި، އޫރިދޫ މޯލްޑިވްސްއާއި، ދުވަސް ނޫހާއި، މޯލްޑިވްސް ބިޒްނަސް ރިވިއުއާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ދެއްކެވި ވާހަކަފުޅުގައި، މި އެއްބަސްވުމަކީ ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ "މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅުންހުރި އެކިއެކި މަސައްކަތްތައް ކުރުމަށް މި ކުންފުނިތަކުގެ އެހީގައި ކުރިއަށްދިޔުމުގެ މަގުފަހުކޮށްދިނުމުގެ ގޮތުން ސޮއިކުރެވޭ އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ. 

ދިވެހި ސިވިލް ސަރވިސް ޑިޖިޓަލައިޒްކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞަދުގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ބޭއްވޭ ދިވެހި ސިވިލް ސަރވިސްގެ ކޮންފަރެންސް މި އަހަރުގެ ޖޫން 9 އިން 10 އަށް ދަރުބާރުގޭގައި ކުރިއަށްދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް