ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 15:28
މިނިސްޓަރ އޮފް ފިނޭންސް މުހައްމަދު ޝަފީގު
މިނިސްޓަރ އޮފް ފިނޭންސް މުހައްމަދު ޝަފީގު
ފިނޭންސް މިނިސްޓްރީ
މާލީ ހާލަތު ދެނެގަތުން
މާލީ ހާލަތު ދެނެގަތުމަށް ފިނޭންސް މިނިސްޓަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
އެ ކޮމިޓީ އަށް މާލީ ވަޒީރު ހާޒިރުކުރުމަށް ފާސްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ 2 މެމްބަރުންގެ ވެސް ތާއީދާއި އެކުގަ
ބަޖެޓު ފޮތުގަ ބަޔާންކުރާ ގޮތުން ދައުލަތުގެ މާލީ ކަންކަމާ ގުޅޭ އިސްލާހުތައް ޖުލައި 2024ގައި ފަށާނެ

ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތް ގޮތް ދެނެގަތުމަށްޓަކާ މި ސަރުކާުރގެ ފިނޭންސް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން، އެ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން އެގޮތަށް ފާސްކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ.

އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މާލީ ހާލަތު ދެނެގަތުމަށް ވަޒީރު ހާޒިރުކުރަން ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.

އެ ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ. އަދި ވަޒީރު ހާޒިރުކުރުމަށް ފާސްވީ މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement

މެމްބަރުން ވަނީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ވަރަށް ބޮޑަށް ހާމަވާން ޖެހޭ ކަމަށް އެ ކޮމިޓީގައި ވިދާޅުވެފައެވެ. އަދި އެކަމުގެ ތަފްސީލްތައް އެނގުން މުހިންމު ކަމަށް ވެސް ވިދާޅުވެފައެވެ.

އެ ކޮމިޓީ އަށް މާލީ ވަޒީރު ހާޒިރުކުރުމަށް ފާސްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ 2 މެމްބަރުންގެ ވެސް ތާއީދާއި އެކުގައެވެ.

ބަޖެޓު ފޮތުބަޔާންކުރާ ގޮތުން ދައުލަތުގެ މާލީ ކަންކަމާ ގުޅޭ އިސްލާހުތައް ޖުލައި 2024ގައި ފަށާނެއެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް