Advertisement
ކ. މާލެ
|
3 ޖޫން 2024 | ހޯމަ 18:57
މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން
މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން
މަޖިލީހުގެ މުހިންމު ކޮމިޓީތައް
މަޖިލީހުގެ މުހިއްމު ކޮމިޓީތަކަށް މުގައްރިރުންނާއި ނައިބު މުގައްރިރުން އައްޔަންކޮށްފި
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅައި މަޖިލީހުގެ ތަޅުމުން ފާސް ކުރުމާ އެކުގައި ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އައްޔަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

20 ވަނަ މަޖިލީހުގެ މުހިއްމު ކޮމިޓީތަކަށް މުގައްރިރުންނާއި ނައިބު މުގައްރިރުން އައްޔަންކޮށްފިއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅައި މަޖިލީހުގެ ތަޅުމުން ފާސް ކުރުމާ އެކުގައި ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އައްޔަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރަކަށް ކަނޑައަޅާފައި ވަނީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. ނައިބު މުގައްރިރަކަށް ކަނޑައަޅާފައިވަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އައްޔަންކޮށްފައެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް ކަނޑައަޅާފައިވަނީ އޭދަފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމް)އެވެ.

Advertisement

މީގެ އިތުރުން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީގެ މުގައްރިރު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ހަމަޖައްސާފައެވެ. ނައިބް މުގައްރިރަކަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވަނީ ހަމަޖައްސަވާފައެވެ. އިތުރު ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން ހަމަޖެއްސިގޮތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ވަނީ އިންތިޚާބުކޮށްފައެވެ. އެ ކޮމިޓީގެ ނައިބު މުޤައްރިރަކަށް އިންތިޚާބުކޮށްފައި ވަނީ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް