ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 22:55
މިއީ ހިޒްބުﷲ ހަނގުރާމަވެރިން ވައްޓާލި އިޒްރޭލުގެ 4 ވަނަ ޑްރޯން
މިއީ ހިޒްބުﷲ ހަނގުރާމަވެރިން ވައްޓާލި އިޒްރޭލުގެ 4 ވަނަ ޑްރޯން
ރޮއިޓާސް
އިޒްރޭލުގެ ޑްރޯނެއް ވައްޓާލުން
އިޒްރޭލުގެ ޑްރޯނެއް ހިޒްބުﷲ ގެ މިސައިލަކުން ވައްޓާލައިފި
ހިޒްބުﷲ އިން ބުނީ މި ހަމަލާ ކާމިޔާބު ކަމާއެކު ދިނީ ޔަހޫދީ ދުޝްމަނުންގެ ހަރަކާތްތައް ވަރަށް ފަރުވާތެރި ކަމާއެކު ބަލަމުން ގެންދިއުމަށް ފަހުގައި ކަމަށް

ދެކުނު ލުބްނާނުގެ ސަރަހައްދުން އުދުހުނު އިޒްރޭލުގެ ޑްރޯނެއް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ހަމަލާދީ ހޮނިހިރު ދުވަހު ވައްޓާލައިފިއެވެ.

ލެބަނާން ގެ އަލް މަނާރު ޓީވީ އިން ފޮނުވި ހިޒްބުﷲ ގެ ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ހާމީސް-900 ޑްރޯނެއް އެކަށީގެންވާ ހަތިޔާރު ބޭނުން ކޮށްގެން ލުބުނާނުގެ ސަރައްދުން ހޮނިހިރު ދުވަހު މެންދުރު ފަހު ވައްޓާލާފައިވާ ކަމަށެވެ.

މި ބަޔާނުގައި ހިޒްބުﷲ އިން ބުނީ މި ހަމަލާ ކާމިޔާބު ކަމާއެކު ދިނީ ޔަހޫދީ ދުޝްމަނުންގެ ހަރަކާތްތައް ވަރަށް ފަރުވާތެރި ކަމާއެކު ބަލަމުން ގެންދިއުމަށް ފަހުގައި ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ވެސް ވަނީ އިޒްރޭލްގެ ޑްރޯނެއް ދެކުނު ލުބްނާނުގެ ސަރަހައްދުން ހަމަލާދީ ވައްޓާލި ކަމަށް ބުނެފައެވެ.

އިޒްރޭލުގެ ބަޔާނުގައި ވަނީ ހާމީޒް-900 ޑްރޯނެއް އެ ސަރަހައްދުގައި އުދުހެމުންދަނިކޮށް ސާފަސް-ޓު-އެއަރ މިސައިލެއް އެރުމުގެ ސަބަބުން ވެއްޓިފައި ކަމަށެވެ.

ހާމީޒް-900 އަކީ މެދު މިނުގެ 30،000 ފޫޓު މަތިން އުދުހޭ 350 ކިލޯ އުފުލޭ ޑްރޯނެވެ.

މިއީ ހިޒްބުﷲ ހަނގުރާމަވެރިން ވައްޓާލި އިޒްރޭލުގެ 4 ވަނަ ޑްރޯނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް