ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 23:24
އެކި ބާވަތުގެ ވިސާގައި ސައުދީ އަށް އައިސް ތިބި އެތައް ހާސް ބަޔަކަށް ފިޔަވަޅު އަޅާފައިވޭ
އެކި ބާވަތުގެ ވިސާގައި ސައުދީ އަށް އައިސް ތިބި އެތައް ހާސް ބަޔަކަށް ފިޔަވަޅު އަޅާފައިވޭ
ރޮއިޓާސް
ހައްޖުގެ އަޅުކަން
ވިޒިޓް ވިސާ ގައި ހައްޖުގެ އަޅުކަން އަދައެއް ނުކުރެވޭނެ: ސައުދީ
ހައްޖު ވިސާ ނޫން ވިސާއެއްގައި މެއި މަހުގެ 23ން ފެށިގެން ޖޫން 21 ގެ ނިޔަލަށް މައްކާ އަށް ދަތުރު ނުކުރެވޭނެ، އަދި މައްކާގައި ނުތިބެވޭނެ

އެއްވެސް ބާވަތެއްގެ ވިސިޓް ވިސާ ގައި ސައުދީ އަށް އައިސް ހުރި އެއްވެސް މީހަކަށް ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް ސެކިއުރިޓީ އޮފިޝަލުންނާ ހަވާލާ ދީ ސައުދީގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ހައްޖު ވިސާ ނޫން ވިސާއެއްގައި މެއި މަހުގެ 23ން ފެށިގެން ޖޫން 21 ގެ ނިޔަލަށް މައްކާ އަށް ދަތުރު ނުކުރެވޭނެ ކަމަށާއި މައްކާގައި ނުތިބެވޭނެ ކަމަށެވެ.

އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި އެކި ބާވަތުގެ ވިސާގައި ސައުދީ އަށް އައިސް ތިބި 20،000ށް ވުރެ ގިނަ މީހުންނަށް ހައްޖު ގަވައިދުގެ ދަށުން މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ބުނެފައިވަނީ މި އުސޫލާ ޚިލާފްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މިގޮތުން ޖޫން 2ން ޖޫން 20އާ ދެމެދު ހައްޖު ޕާމިޓް ނެތި މައްކާ އަށް އެތެރެވާ ކޮންމެ މީހަކު 10،000 ސައުދީ ރިޔާލުން ޖުރިމަނާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް