Advertisement
ކ. މާލެ
|
29 މެއި 2024 | ބުދަ 16:32
ނޫސްވެރިންގެ ބައްދަލުވުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ
ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް
4 ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރަމުން: މިނިސްޓަރު އަމީން
މިސަރުކާރުން ޑޮމެއިން ވިއްކަނީ އަގުބޮޑުކޮށް
މެޓްރިކްސް ސިސްޓަމްގެ ތެރޭގައި ގިނަ ރިކޯޑުތަކެއް ނެތް
ޑޮމެއިން ދޫކޮށްފައިވަނީ އެއްވެސް ކަހަލަ އުސޫލެއް ނެތި

ގާނޫނުގެ ބޭރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ނެތް ކަމަށާއި، އުސޫލުގެ ތެރެއިން 4 ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ވެހިކަލް ރަޖިސްޓްރީ ކުރުމުގައި އުދަނގޫތައް ކުރިމަތިވެގެން އުޅޭ މައްސަލަ ފެންމަތިވި ކަމަށާއި، މިމައްސަލައާ ގުޅިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރުގެ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާއިރު، ގާނޫނުގެ ބޭރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

Advertisement

މިހާރު ވެސް 4 ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެސެސްމަންޓުން ދައްކާ ގޮތުގައި ރާއްޖޭގައި 1400 ޑޮމެއިން އެބަހުރި ކަމަށެވެ. މީގެ ތެރޭގައި ސައްހަ ނޫން ޑޮމެއިން ހިމެނޭ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިސަރުކާރު އައުމާ ހަމައަށް ޑޮމެއިން ދޫކޮށްފައިވަނީ އެއްވެސް ކަހަލަ އުސޫލެއް ނެތި ކަމަށާއި، މެޓްރިކްސް ސިސްޓަމްގެ ތެރޭގައި ގިނަ ރިކޯޑުތަކެއް ނެތް ކަމަށެވެ. އެ ޑޮމެއިންތައް ވިއްކާ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަން ބަލަހައްޓާފައިވަނީ އާދައިގެ ތިން ނޯޓު ފޮތުގައި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރޭގައި ރަނގަޅަށް ރިކޯޑު ބަލަހައްޓާފައިނުވާތީ އަމިއްލައަށް ޑޮމެއިން ކްރިއޭޓް ކޮށްގެން ބޭނުންކުރަމުންދާ ކަމަށެވެ.

އަސްލުގައި ރަޖިސްޓްރީ ކުރުމުގައި އެއްވެސް ހުރަހެއް ނެތް. މިހާރު ވެސް 4 ފުރޮޅު ލީ ވެހިކަލް ރަޖިސްޓްރީވަމުންދަނީ. އެކަމަކު އަޅުގަނޑުމެން އިންޝުއަރ މިކޮށްދިން ކަމަކީ މީގެކުރިން ވެސް ދަންނަވާފައި ވާނެ ގާނޫނުން ބޭރުން ރަޖިސްޓްރީ ކުރާކަށް ދެންޖާގައެއް ދެން އަޅުގަނޑުމެން ނުދޭނަމޭ. އެއީ އެގޮތަށް ދިނީމަ އަޅުގަނޑުމެން މިހާރު އެސެސްމަންޓުން މިހާރު ފެންނަނީ ގާތްގަނޑަކަށް ސާދަސަތޭކަ ޑޮމެއިން ގާތްގަނޑަކަށް ރާއްޖޭގައި އެބަހުރި ކަމަށް. އޭގެ ތެރޭގައި މި 700 ވަރަކަށް ޑޮމެއިން ސައްހަ ޑޮމެއިން އަނެއް އަނެއް 700 ޑޮމެއިންއަކީ ސައްހަ ޑޮމޮއިންގެ ގޮތުގައި މިނިސްޓްރީ އޮފް ފެންނާކަށް ނެތް ވަރަށް ދެރަވަރުކޮށް އެކަންތައް އޮތީ އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގަ. އަޅުގަނޑުމެން ބޭނުންކުރުމުން ދިޔަ މެޓްރިކްސް ނިޒާމުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭނުންކުރެވުނު މެޓްރިކްސް ސިސްޓަމްގެ ތެރޭގައި ގިނަ ރިކޯޑުތަކެއް ނެތް.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މިނިސްޓަރު އަމީން ވިދާޅުވީ ޑޮމެއިންގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި، އެއްއަހަރު ދުވަހުން ދާއިމީ ހައްލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އައިޑެންޓިފައި ކުރެވިފައިވާ 700 ޑޮމެއިންނަށް ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިމޭރުމުން މިނިސްޓަރު އަމީން ވާހަކަ ދައްކަވާފައިވާއިރު، ޓެކްސީ ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 10،000 ރުފިޔާ ދެއްކުމުން ޓެކްސީތައް ރަޖިސްޓްރީކޮށްދޭ ގޮތަށް، 'އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދަށް ކުރީގެ ސަރުކާރުން ސެޕްޓެމްބަރު 2023 ގައި ވަނީ އިސްލާހެއް ގެނެސްފައެވެ. ނަމަވެސް މިސަރުކާރުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ އިސްލާހަށް އަމަލުކުރުން ހުއްޓުވާފައެވެ.

ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ރައްޔިތުންނަށް އުދަނގޫވެ ގަރާޖު ފީއަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން މަޖުބޫރުވެފައިވާ ކަމަށް އެމީހުން ބުނެއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ޑޮމެއިން ވިއްކުގެ މަސައްކަތް ފަށާފައިވާއިރު، މިސަރުކާރުން ޑޮމެއިން ވިއްކަމުންދަނީ އަގު ބޮޑުކޮށް ކަމަށް ވެސް އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް