ކ. މާލެ
|
27 މެއި 2024 | ހޯމަ 18:16
މާލޭގެ ގެއެއްގައި އަލިފާން ރޯވުން
މާލޭގެ ގެއެއްގައި އަލިފާން ރޯވުން
އެމްއެންޑީއެފް
މާލޭގެ ގެއެއްގައި ރޯވުން
ހ.ހަމަރޯޅިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ ހޯމަ ދުވަހުގެ 16:35ހާއިރު
ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް، އަލިފާންގަނޑު ނިއްވާލާފައި ވަނީ 17:14 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ

ހ.ހަމަރޯޅިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައި ވަނީ ހޯމަ ދުވަހުގެ 16:35ހާއިރު ކަމަށެވެ. އަދި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް، އަލިފާންގަނޑު ނިއްވާލާފައި ވަނީ 17:14އިގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

Advertisement

އެމްއެންޑީއެފުން ބުނީ މިހާތަނަށް އައި އިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން އެނގެން ނެތް ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް