Advertisement
ކ. މާލެ
|
27 މެއި 2024 | ހޯމަ 17:31
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ
އުތުރުތިލަފަޅުގައި މޭވާ އާއި ތަރުކާރީ އިންދުން
"އުތުރު ތިލަފަޅުގައި މޭވާ އާއި ތަރުކާރީ އިންދުމުގެ މަސައްކަތް 2025ގައި ފެށޭނެ ކަމަށް ބެލެވޭ"
އުތުރުތިލަފަޅު ތަރައްޤީވެގެންދާނީ ބޮޑު ފުޑް ސިޓީއެއް ގޮތައްކަމަށް ސަރުކާރުން ބުނޭ
ޗައިނާގެ ޓީމް ވަނީ ދިރާސީ މަސައްކަތްތަކެއް ކޮށްފަ

އުތުރުތިލަފަޅުގައި މޭވާ އާއި ތަރުކާރީ އިންދުމުގެ މަސައްކަތް 2025ގައި ފެށޭނެ ކަމަށް ބެލެވޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުތުރު ތިލަފަޅުގައި ޤާއިމްކުރާ މޯލްޑިވްސް އެގްރިކަލްޗުރަލް އިކޮނޮމިކް ޒޯންގެ މަސައްކަތްތަކުގެ އަދާހަމަ ނުވަތަ އަޕްޑޭޓްތައް ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަޝްރޫޢުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުން ވަނީ ރާއްޖޭގައި އާއްމުކޮށް ބޭނުން ކުރާ ތަރުކާރީ އަދި މޭވާގެ ބާވަތްތަކާއި ގުޅޭ ދިރާސާއެއްކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ދިރާސާގައި ބަލާފައި ވަނީ ދިވެހިން ބޭނުންކުރާ ތަރުކާރީ އާއި މޭވާ އުތުރުތިލަފަޅުގައި ހެއްދިދާނެތޯ ނުވަތަ ނޫންތޯ އަދި އެކަމުން ކިހާވަރަކަށް މަންފާލިބޭނެތޯ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. ޗައިނާގެ ޔުނިވަރސިޓީގެ އެހީ އާއި އެކު އެތަނުގެ ބިމާއި ފެނުގެ ދިރާސާއެއް ކޮށްފައިވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. މިހާރު މަސައްކަތްތައް ރޭވިފައިވާގޮތުން އެ މަސައްކަތް ކުރިއަށް އޮތް އަހަރު ފެށޭނެ ކަމަށް އެކަމަނާ ވަނީ ވިދަޅުވެފައެވެ.

ޗައިނާގެ ޓީމް ވަނީ ދިރާސީ މަސައްކަތްތަކެއް ކޮށްފަ. އާއްމުކޮށް ބޭނުން ކުރާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި ގުޅޭ. އެތަނުގައި އިންދުމުގެ ކޮސްޓް ފީސިބިލިޓީ ވެލޮ. ޗައިނާ އެގްރިކަލްޗުރަލް ރިސަރޗްގެ އެކްސްޕަރޓް ޔުނިވަސިޓީއަކުން ދިރާސާގެ މަސައްކަތް ކުރީ. އަޅުގަނޑުމެންނާއި އެކު މިހާރުކުރެވޭ މަސައްކަތުގެ ތެރޭގައި އޮތީ އިންސާނީ ވަސީލަތްތައް ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރަން ކުރަންޖެހޭ ކަންކަން ކުރުން.
ޑރ. ޢައިޝަތު ރަމީލާ

އުތުރުތިލަފަޅުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއާއެކު ރާއްޖެއަށް އިމްޕޯޓްކުރާ ބާވަތްތައް މަދުވެ ފުޑް ސެކިއުރިޓީ ޤާއިމްވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އުތުރުތިލަފަޅު ތަރައްޤީވެގެންދާނީ ބޮޑު ފުޑް ސިޓީއެއް ގޮތައްކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯންއިން ވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅެވެ. މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ ބާވަތްތަކާއި، ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ތަކެތި ޑިސްޓްރިބިއުޓްކުރާ ސެންޓަރެއްގައި ގޮތުގައި ދަނޑުވެރިކަމަށް ޚާއްޞަ ޒޯނެއް ތަރައްގީކުރުމަށްވަނީ ނިންމާފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް