ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 10:32
 އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލުން
އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލުން
އުރީދޫ
އުރީދޫގެ ހިއްސާ ވިއްކުން
އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި
14 މިލިޔަން ހިއްސާ ވިއްކާފައިވޭ
8،219 ހިއްސާދާރަކަށް ހިއްސާ ވިއްކާފައިވޭ
އެއީ އެކުންފުނީގެ ހިއްސާގެ 9.5 ޕަސަންޓެ

އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، ހިއްސާ ގަނެ ވިއްކުމަށް ހުޅުވާލައިފި އެވެ.

 

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގައި ވާގޮތުގެ މަތިން މިކަން އިއުލާންކުރީ ބުދަ ދުވަހު އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

 

އުރީދޫ މޯލްޑިވްސް އިން ވިއްކި ހިއްސާތައް އެކަށައެޅުމަށް ފަހު، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގައި ހިއްސާދާރުންނަށް ހުޅުވާފައިވާ އެކައުންޓްތަކަށް ހިއްސާ މިހާރު ވަނީ ޖަމާކޮށްފައެވެ.

 

މިއަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ 29 އާ ހަމައަށް ކުރިޔަށް ގެންދިޔަ އުރީދޫގެ އައިޕީއޯގެ ތެރެއިން 8،219 ހިއްސާދާރަކަށް، 14،044،870 ހިއްސާ ވިއްކާފައި ވެއެވެ. އެއީ އެކުންފުނީގެ ހިއްސާގެ 9.5 ޕަސަންޓެވެ.

 

އުރީދޫއިން ބުނީ، ހިއްސާތައް އެކަށައެޅުމަށް ފަހު، އެ ހިއްސާތައް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގައި ހުޅުވާފައިވާ ހިއްސާދާރުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާނެ ކަމަށާއި އެކަން ބަޔާންކޮށް، ކޮންމެ ހިއްސާދާރަކަށް ރަސްމީ ލިޔުމެއް ވެސް ފޮނުވާފައިވާނެ ކަމަށެވެ.

 

އަދި ހިއްސާގަތުމަށް އެދުނު ފަރާތްތަކުގެ ތެރެއިން، ފޯމު ބަލައިގަނެ ނަމަވެސް އެކި ސަބަބުތަކާ ހެދި ހިއްސާ އެކަށައަޅައިދީފައި ނުވާ ފަރާތްތަކަށް ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރިފަންޑް ކުރެވުމުން އެފަރާތްތަކަށް ލިޔުމުން އެކަން އަންގާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

 

ރިފަންޑް ކުރެވުމާއެކު އެފަރާތްތަކަށް ލިޔުމުން އެކަން އަންގާނެ ވާހަކަ ވެސް އުރީދޫގެ ބުންޏެވެ.

 

އުރީދޫއިން މިއަހަރު ހިންގި އައިޕީއޯއަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އައިޕީއޯއެވެ.

 

އުރީދޫއިން 14 މިލިޔަން ހިއްސާ ވިއްކައިގެން 421،346،100 ރުފިޔާގެ ރައުސުލްމާލެއް ލިބިފައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް