ކ. މާލެ
|
26 މެއި 2024 | އާދީއްތަ 14:06
ބްރިޖާއި ދަރުބާރުގެ ގުޅޭ ކަންމަތި
ބްރިޖާއި ދަރުބާރުގެ ގުޅޭ ކަންމަތި
ރާއްޖެއެމްވީ
އެކްސިޑެންޓް
ދަރުބާރުގެ ލައިޓްކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓުވެ އެކަކަށް ފަރުވާދެނީ
ފަރުވާދެމުންދަނީ 19 އަހަރުގެ ފިރިހެނަކަށް

ދަރުބާރުގެ ލައިޓްކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓުވެ އެކަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ދަރުބާރުގެ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ހެނދުނު 6:54 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވި މީހާ އަށް އަނިޔާވެގެން އޭޑީކޭގައި ފައިވާދެމުންދާ ކަމަށެވެ. ފުލުހުން ބުނީ އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް