ކ. މާލެ
|
26 މެއި 2024 | އާދީއްތަ 09:27
އުރީދޫގެ އެމްބެސެޑަރަކަށް މާޒިޔާ އަނެއްކާވެސް ވަނީ އައްޔަންކޮށްފަ
އުރީދޫގެ އެމްބެސެޑަރަކަށް މާޒިޔާ އަނެއްކާވެސް ވަނީ އައްޔަންކޮށްފަ
އުރީދޫގެ އެމްބެސެޑަރ
އުރީދޫގެ އެމްބެސެޑަރަކަށް ވިދިވިދިގެން 5 ވަނަ އަހަރަށް މާޒިޔާ!
އުރީދޫ މޯލްޑިވްސް އާއި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރާނެ
އުރީދޫ މޯލްޑިވްސްއިން ވަނީ ދިވެހިންގެ ކުރިއެރުމަށް މަސައްކަތްކޮށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފަ

އުރީދޫ މޯލްޑިވްސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ފަސް ވަނަ އަހަރަށް އާކޮށްފިއެވެ.

ހޮނިހިރު ދުވަހު އާ ކުރި މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް އާއި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ. އަދި އެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމަށް އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން އުރީދޫ އާއިއެ ކްލަބާއި ގުޅިގެން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް އެފަދަ ބައެއް ހަރަކާތްތައް ހިންގާފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު އެ ކްލަބުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށްޓަކާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކަމަށްވާ މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ އިފްތިތާހުކޮށްފައެވެ.

އުރީދޫ މޯލްޑިވްސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން އާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫ ވަނީ ގިނަ ކަންތައްތަކެއް ކޮށްފަކަން އެ ކުންފުނިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަޚުރުވެރި ޓައިޓަލް ސްޕޮންސަރަކަށް އުރީދޫވުން ފާހަގަކޮށްލެވެއެވެ. ޓައިޓަލް ސްޕޮންސަރގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. 

އުރީދޫ މޯލްޑިވްސްއިން ވަނީ ދިވެހިންގެ ކުރިއެރުމަށް މަސައްކަތްކޮށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް